02 ޖޫން 2019
ދ. ކުޑަހުވަދޫގައި މި ރޯދަ މަހު ކުރިއަށް ގެންދިޔަ "ކުޑަހުވަދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުން އެއް ވަނަ އެ ރަށު، މާހިޔާ، އާއިޝަތު މާއިޝާ ހޯދައިފި އެވެ.
ދ. ކުޑަހުވަދޫގައި މި ރޯދަ މަހު ކުރިއަށް ގެންދިޔަ "ކުޑަހުވަދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުން އެއް ވަނަ އެ ރަށު، މާހިޔާ، އާއިޝަތު މާއިޝާ ހޯދައިފި އެވެ.
އެ ރަށު ތައުލީމީ މަރުކަޒުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ މާއިޝާ މި މުބާރާތް ކާމިޔާބު ކުރުމުން 20،000 ރ. ގެ އިނާމެއް ލިބުނެވެ. ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ އެހެން އިނާމުތައް ވެސް 15 އަހަރުގެ މާއިޝާއަށް ލިބޭނެ ކަމަށް އެ ރަށު ކައުންސިލަރު އަލީ ސުއޫދު ވިދާޅުވި އެވެ.
އެ ރަށު ސްކޫލްުގައި ބުރާސްފަތު ދުވަހު ބޭއްވި ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މުބާރާތުގެ ފަހު ބުރުގައި ވާދަކުރި ބައިވެރިންނާއި އެކު ހޯމް މިނިސްޓަރު އިމްރާން (ވ.6) އަދި ރަށުގެ ބައެއް ކައުންސިލަރުންނާއި މުބާރާތުގެ ފަނޑިޔާރުން -- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
ކުޑަހުވަދޫ ކައުންސިލާއި މަންތާ އެއާ އިން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފަހު ބުރުގައި ވާދަ ކުރާ ބައިވެރިން ހޮވީ ދެ އޮޑިޝަނަކުންނެވެ. އެ ރަށުުގައި އުޅޭ 12 އަހަރުން މަތީ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އޮޑިޝަންގައި 30 މީހަކު ބައިވެރިވި އެވެ.
މި މުބާރާތް ކާމިޔާބު ކަމާ އެކީ ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބުނު ކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ކައުންސިލަރު ސުއޫދު ޝުކުރު އަދާކުރެއްވި އެވެ.
ކުޑަހުވަދޫގައި ގުރުއާން މުބާރާތެއް ރޯދަ މަހު ބާއްވަނީ
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ
މަންޓާއިން ދ. އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ
ކުޑަހުވަދޫގެ ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
މުޒާހަރާ: ޓޫރިސްޓުން ތާށިވި، ދަތުރުތައް މެދުކަނޑާލި
ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓު ސެންޓަރެއް ހަދަނީ
ކުޑަހުވަދޫން ބޭލީ ރަށުގައި ނީންދޭނެ 74 ރުއްގަސް
ރުއްތަކުގެ މައްސަލައިގައި ތުހުމަތު ކައުންސިލް ރައީސަށް