16 އޮކްޓޯބަރ 2019
ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީގެ ދަތުރުތައް ފަށަން ނިންމާފައިވާ އިރު އެ ދަތުރުތަކަށް އެކަށީގެންވާ ޓާމިނަލެއް ނެތުމަކީ ދަތުރުވެރިން ބަލައިފާސްކުރަން ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީގެ ދަތުރުތައް ފަށަން ނިންމާފައިވާ އިރު އެ ދަތުރުތަކަށް އެކަށީގެންވާ ޓާމިނަލެއް ނެތުމަކީ ދަތުރުވެރިން ބަލައިފާސްކުރަން ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން ރާއްޖެ އާއި އިންޑިއާ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ޚިދުމަތް ވަރަށް އަވަހަށް ފަށަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މިހާރު ހުރި ދަތިތަކަށް ހައްލު ނުހޯދައި ފަށައިފި ނަމަ ދަތުރުވެރިން މޮނިޓަނުކުރެވިދާނެ ކަމުގެ ބިރު އިމިގްރޭޝަނަށް އެބައޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ޑެޕިއުޓީ ކޮންޓްރޯލަރު އިބްރާހިމް އަޝްރަފް ވަނީ ބައެއް ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން، ކުޅުދުއްފުށީގައި އެކަށީގެންވާ ޓާމިނަލެއް ނެތުމަކީ ކުރިމަތިދާނެ ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ޚަލީލް ވިދާޅުވީ، މަޖިލީސް ކޮމިޓީގައި ވާހަކަ ދައްކަމުން އަދި ކަމާގުޅޭ އެހެން އިދާރާތަކުގައި ވެސް ހައްލު ހޯދަައިދޭން އިމިގްރޭޝަނުން އެދިފައި ވަނީ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ ޓާމިނަލެއް ނެތުމުގެ މައްސަލަ ކަމަށެވެ. ފެރީ ދަތުރުގައި ފަސިންޖަރުންނަށް ޚިދުމަތް ދޭނެ އެކަށީގެންވާ ޓާމިނަލެއް މާލެ އާއި ކުޅުދުއްފުށީގައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"މީގައި އެންމެ ރަނގަޅު ގޮތަކީ އިންފްރާސްޓްރަކްޗާ ބިލްޑްކޮށްފައި [ޓާމިނަލްތައް ހަދާފައި] ޚިދުމަތް ފެށުން،" އޭނާ ވިދާޅުވި އެވެ.
"އެހެން ނޫން ނަމަ ބޯޓު ގާތްކޮށްލާފައި މީހުން ފައިބައިގެންދާއިރު، އިމިގްރޭޝަނަށް އުނދަގޫތަކެއް ކުރިމަތިވާނެ. އަދި އެހެން މުއައްސަސާތަކަށް ވެސް ދަތިވާނެ."
ޕާސްޕޯޓް ނަކަލުކޮށްގެން ވައިގެ މަގުން ވެސް ރާއްޖެ އެތެރެވާން ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ. އިމިގްރޭޝަންގެ ކައުންޓަރުތަކުން ސްކްރީންކޮށް އެފަދަ ބައެއް މީހުން ހުއްޓުވައި އަނބުރާ ގައުމަށް ފޮނުވާފައި އެބަހުއްޓެވެ.
ފެރީ ދަތުރުތައް ފަށާއިރު މިގޮތަށް މޮނީޓާ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތް ނަމަ ފޭކް ޕާސްޕޯޓުތަކުގައި އެތެރެވުމުގެ ފުރުސަތު އެބައޮތެވެ.
ޚަލީލް ފާހަގަކުރެއްވި ގޮތުގައި އުތުރުގައި ފެރީ ދަތުރުތައް ފެށުމަކީ އިގްތިސާދީ ގޮތުން ފައިދާވާނެ ކަމެކެވެ. އެހެންކަމުން އިމިގްރޭޝަންގެ އުއްމީދަކީ، ދަތުރުތައް ފަށަން ވާއިރަށް އެކަމަށް ހައްލު ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ޑީޕޯޓްކޮށްލި 168 މީހުންނަކީ އިންޑިއާގެ ބައެއް
އިންޑިއާއިން އަންނަ ޓޫރިސްޓުން ނޫން މީހުން ކަރަންޓީނަށް
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ޑިޖިޓަލްއިގްތިސާދެއް ބިނާކުރަން އިންޑިއާގެ އެހީ ބޭނުންވޭ
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި