14 އޮކްޓޯބަރ 2019
އިންޑިއާގެ މަދިޔަ ޕަރްދޭޝްގެ ބޯޕާލްގައި ފިރިހެނަކު ކައިވެނިކުރަން ބޭނުންވާ ނަމަ އޭނާގެ ގޭގައި ފާހާނާއެއް ހުރިކަން އަންހެން މީހާ އަށް ކަށަވަރުކޮށްދޭންޖެހޭ ގޮތް ހަދައިފި އެވެ.
އިންޑިއާގެ މަދިޔަ ޕަރްދޭޝްގެ ބޯޕާލްގައި ފިރިހެނަކު ކައިވެނިކުރަން ބޭނުންވާ ނަމަ އޭނާގެ ގޭގައި ފާހާނާއެއް ހުރިކަން އަންހެން މީހާ އަށް ކަށަވަރުކޮށްދޭންޖެހޭ ގޮތް ހަދައިފި އެވެ.
އެހެެންވެ، ގޭގައި ފާހާނާއެއް ހުރުމަކީ މިހާރު ކައިވެނީގެ ޝަރުތެކެވެ. އެހެން ނޫން ކަމަށްވާ ނަމަ އޭނާއަކަށް ކައިވެންޏެއް ނުކުރެވޭނެ އެވެ.
މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ދައުރާ އެކު މި މައްސަލަ އަށް ހައްލެއް ހޯދަން ބޮޑު ކެމްޕޭނަކާ އެކު މަޝްރޫއެއް ވެސް ފަށައި އަންނަނީ ނަތީޖާ ނެރެމުންނެވެ. މިއީ މޯދީގެ މި "ސްވަޗް ބާރަތު" ކެމްޕޭނަށް ވެސް ބާރު ލިއްބައިދޭ އާ ސްކީމެކެވެ.
މިކަމަކީ މާލީ ހާލަތު ހުރި ގޮތުން ކައިވެނި ކުރާނެ ތަނަވަސްކަން ނެތް މީހުންނަށް ސަރުކާރުން ކުރިއަށް ގެންދާ "މުޚިޔާ ކަނިއާ ވިވާހް/ނިކާހް" ސްކީމްގެ ތެރެއިން ކުރާ ކަމެކެވެ. ކައިވެނިކުރާ ފިރިހެން މީހާގެ އެންމެ ހާއްސަ އެއް ޝަރުތަކީ އޭނާގެ ގޭގައި ފާހާނާއެއް ހުރިކަން ކަށަވަރުކޮށް ދިނުމެވެ. އަދި ފާހާނާތެރޭގައި ސެލްފީއެއް ނަގައި ކައިވެނީގެ އެޕްލިކޭޝަނާ އެކު ހުށަހަޅަން ވެސް ޖެހެ އެވެ. އަދި މި އުސޫލުގެ ދަށުން އަންހެން މީހާ އަށް 51،000 ރުޕީސް (11,080.94ރ.) ވެސް ލިބެ އެވެ.
Open defecation is an age old practice that is seen as ‘Normal’ in many communities. Swachh Bharat is a movement to create a #NewNormal where everyone understands the importance of toilets and uses them.#swachhsurvekshan2019 #MyCleanIndia #TheVisibleChange pic.twitter.com/vPs8HRjWoZ
— Swachh Survekshan (@SwachSurvekshan) December 6, 2018
މަދިޔަ ޕްރަދޭޝްގެ ބޯޕާލްގެ މުނިސިޕަލް ކޯޕަރޭޝަނާ ގުޅިގެން މި އުސޫލުގެ ދަށުން ކައިވެނިކޮށްދޭ ޖަމާއަތެއް ކަމަށްވާ ޒާރާ ހަސަން ވެލްފެއާ ސަމީތީ ހިންގީ މުޙްތާރު ހަސަން ބުނިގޮތުގައި ފާހާނާއެއް ނެތް ނަމަ ކައިވެނިކުރަން އުޅޭ ދެ މީހުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައެއް ވެސް ނުގަންނާނެ އެވެ.
"ފާހާނާއެއް ހުރިކަން ކަށަވަރުކޮށް ދިނީމާ ކައިވެންޏަށް ޝަތުރުހަމަވާ ކަމަށް އަހަރެމެން ބަލާނީ،" އޭނާ ބުންޏެވެ. "އެކަން ރަސްމީ އިދާރާތަކުގެ އޮފިޝަލުން ގެއަށް ގޮސް ވެސް ކަށަވަރުކުރާނެ."
އާ ސްކީމެއްގެ ދަށުން ކައިވެނިކޮށް ދިން ނަމަވެސް އަންހެން މީހާ އަށް ދޭ ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް މިހާރު ވަނީ ބޮޑުވެފަ އެވެ. އަދި މި ސްކީމްގެ ދަށުން ކައިވެނިކުރި 700 އެއްހާ މީހުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފިރީމީހާ ގޭގައި ފާހާނާއެއް ނެތިގެން ކައިވެނީގައި ޖެހޭ މައްސަލަތަކެއް، މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ގައި ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވެ އެވެ. އަކްޝޭ ކުމާރާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލް ކުޅުނު ފިލްމުގައި ފެންނަނީ ފިރިމީހާގެ ގޭގައި ފާހާނާއެއް ނެތިގެން، ގަޟާހާޖަތަށް ދާން އަންބަކު އުފުލަން ޖެހޭ ބުރައިގެ ސަބަބުން ފިރިމީހާގެ ގެއިން ނުކުމެގެން ދިއުމުން އޭނާ އަނބުރާ ގެންނަން ފިރިމީހާ ވާ ގުރުބާނީ އެވެ.
މިއީ ފިލްމަކުން ދެއްކި ނަމަވެސް އިންޑިއާގައި ހަގީގަތުގައި ވެސް ހިނގާ ހާދިސާތަކެކެވެ. އަނެއްކޮޅުން އެ ގައުމަކީ ފާހާނާކުރުމުގެ ހަރުދަނާ ނިޒާމެއް ނެތި އެތައް ހާސް ބަޔަކު ހާމަ ތަންތަނަށް ގަޟާހާޖާކުރާ މައްސަލަ ބޮޑު ގައުމެކެވެ.
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އިންނާނެ މީހަކު ހޯދަން ފުލުހަށް ދިޔަ މީހާ އަށް ބައިވެރިއެއް
ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި
ކައިވެނީގެ ހަފުލާގައި މައިންބަފައިންގެ އިސްކޮޅު ފޮޓޯއެއް
އާއިލާއިން ދެއްކި މީހާ އާއި ލޯބިވެރިޔާއާ ވެސް އިނދެފި
ދެމަފިރިންގެ އިސްކޮޅުގައި ވެސް ތިން ފޫޓް
ކައިވެންޏަށް ރައްކާކުރި ފައިސާކޮޅު ފަގީރުންނަށް
އަންހެނުންނަށް ހާއްސަ މޮބައިލް ފާހާނާތަކެއް