Roadha Mihaaru
ދެމަފިރިންގެ އިސްކޮޅުގައި ވެސް ތިން ފޫޓް

ދެމަފިރިންގެ އިސްކޮޅުގައި ވެސް ތިން ފޫޓް

10 ޖޫން 2020

އިސްކޮޅުން ކުރުކަމުން ފީރޯޒް ނިންމައިގެން ހުރީ ކައިވެނިކުރާނެ މީހަކު ދުވަހަކު ވެސް ނުލިބޭނެ ކަމަށެވެ. އެކަމަކު 25 އަހަރުގެ ޒުވާނާގެ ހަޔާތް މިދިޔަ ހަފުތާގައި ވަނީ އަލަތު ކައިވެންޏާ އެކީ ބަދަލުކޮށްލައިފަ އެވެ. މި ކައިވެނީގެ ހާއްސަ ކަމަކީ އިސްކޮޅުގައި އެންމެ ތިން ފޫޓް ހުރި ފީރޯޒަށް ހަމަ އެ އިސްކޮޅުގެ އަންބަކު ލިބުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްކޮޅުން ކުރުކަމުން ފީރޯޒް ނިންމައިގެން ހުރީ ކައިވެނިކުރާނެ މީހަކު ދުވަހަކު ވެސް ނުލިބޭނެ ކަމަށެވެ. އެކަމަކު 25 އަހަރުގެ ޒުވާނާގެ ހަޔާތް މިދިޔަ ހަފުތާގައި ވަނީ އަލަތު ކައިވެންޏާ އެކީ ބަދަލުކޮށްލައިފަ އެވެ. މި ކައިވެނީގެ ހާއްސަ ކަމަކީ އިސްކޮޅުގައި އެންމެ ތިން ފޫޓް ހުރި ފީރޯޒަށް ހަމަ އެ އިސްކޮޅުގެ އަންބަކު ލިބުމެވެ.

އުއްތަރު ޕްރަދޭޝްގެ މީރަތުގެ ދަވާއީ ނަގަރުގައި އުޅޭ މުސްލިމު އާއިލާއަކަށް ނިސްބަތްވާ ފީރޯޒާއި ޒައިނަބު، 22، ގެ ކައިވެނީގެ ހަފުލާ ބޭއްވީ ދެ ފަރާތުގެ އާއިލާ މީހުންނާއި އަވަށްޓެރިންނަށް ދައުވަތު ދީގެންގެނެވެ.

ކައިވެނީގެ އުފަލުގައި ހުރި ފީރޯޒް ބުނީ މިހާރު ހުރިހާ އުދާސްތަކެއް ފިލައިފި ކަމަށެވެ.

"ޒައިނަބަކީ ހަމަ ނަސީބެއް. މިހާރު އަހަންނާ އެކު އުޅޭނެ އަންބަކު ހުރުމަކީ އެންމެ ބޮޑު އުފާ،" އޭނާ ބުންޏެވެ. "އަހަރެން ކުރިން އެންމެ ފިކުރު ބޮޑުވީ އަހަންނާ އެކު އުޅޭނެ އަދި އަހަންނަށް އަޅާނެ އަންބަކު ނުލިބިދާނެތީ."

ފީރޯޒް ކިޔައިދިން ގޮތުގައި އިސްކޮޅުން ކުރުމަކުން އިންނާނެ މީހަކު ނުވާނެކަމުގެ ބޮޑު ހާސްކަމުގެ ތެރޭގައި އުޅެނިކޮށް، ކައިވެނީގެ ދައުވަތު ލިބުނީ ޒައިނަބްގެ އާއިލާގެ ފަރާތުންނެވެ. އަދި އެކަމާ އުފަލުން ގޮސް، ވަގުތުން ކައިވެންޏަށް ތައްޔާރުވާން ފެށި ކަމަށް ބުންޏެވެ.

ފީރޯޒާއި ޒައިނަބް އާއިލާގެ މީހުންނާ އެކު.

ފީރޯޒާއި ޒައިނަބް އާއިލާގެ މީހުންނާ އެކު.

ދަރިފުޅުގެ ކައިވެނިކުރެވުނީތީ ފީރޯޒްގެ ބައްޕަ ރިއާޒުއްދީން ވެސް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ސިފަކުރި ގޮތުގައި "ޒައިނަބަކީ ފީރޯޒަށް މާތް ﷲ ދެއްވި ހަދިޔާ" އެކެވެ. އަދި ދެ ކުދިންނަށް ބާއްޖަވެރި ހަޔާތަކަށް ދެ ފަރާތުގެ އާއިލާ އިން ވެސް އަބަދު ދުއާކުރާނެ ކަމަށް ބުންޏެވެ.