13 އޮކްޓޯބަރ 2019
ދަރިއަކު ހޯދަން އަދި ތައްޔާރު ނޫން ކަމަށާއި ބޭނުން ވަނީ ކެރިއަރަށް ވަގުތު ދޭން ކަމަށް އެކްޓަރު ރަންވީރު ސިންގުގެ އަނބިމީހާ، ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
ދަރިއަކު ހޯދަން އަދި ތައްޔާރު ނޫން ކަމަށާއި ބޭނުން ވަނީ ކެރިއަރަށް ވަގުތު ދޭން ކަމަށް އެކްޓަރު ރަންވީރު ސިންގުގެ އަނބިމީހާ، ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
ދާފި ފަހުން ރަންވީރުގެ އިންސްޓަގްރާމް ފޮޓޯއަކަށް ދީޕިކާ ކުރި ކޮމެންޓަކުން އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނެ އެ ވާހަކަ ވަރަށް ގަދަ އަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރަންވީރާ ކައިވެނިކުރި ބަތަލާ ހިންދުސްތާން ޓައިމްސް އަށް ބުނީ ދެމަފިރިންގެ ފޯކަސް ވެސް މި ވަގުތު އެންމެ ބޮޑަށް އޮތީ ހަމައެކަނި ކެރިއަރަށް ކަމަށެވެ.
"އެހެންވެ މި ދަނޑިވަޅުގައި ކުއްޖަކު ހޯދުމަކީ ދެ މީހުންނަށް ވެސް ފެއާ ކަމަކަށް ނުވާނެ. އަހަރެން ބޭނުން ދަރިން ހޯދަން. އެކަމަކު އެކަމަކަށް އަދި ތައްޔާރެއް ނޫން،" ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ބުންޏެވެ. "ދަރިއަކު ހޯދުމާ ބެހޭ ގޮތުން މިހާތަނަށް ސީރިއަސްކޮށް ވާހަކަ ދެކެވިފައެއް ވެސް ނެތް."
ދީޕިކާ ބުނިގޮތުގައި ފިލްމީ ތަރިން ކައިވެނިކުރުމާ އެކު، ވީހާ ވެސް އަވަހަކަށް ދަރިން ހޯދަން މުޖުތަމައު ތެރެއިން ޕްރެޝަރުކުރުމަކީ ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި ކޮންމެ ދެމަފިރިއަކު ވެސް ކައިވެނިކޮށް ހަޔާތެއް ފަށާނީ އެކީގައި އުފަލުގައި އުޅެން ކަމަށް ބުންޏެވެ.
"އެހެންވެ އެކަމަކީ ވަކި ބަޔަކު އުންމީދުކުރާ ގޮތަކަށް ހިނގާނެ ކަމެއް ވެސް ނޫން. ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ ކަންނޭނގޭ ކައިވެނިކުރާ އިރަށް ދެންވީ ދަރިން ހޯދާށޭ،" ދީޕިކާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ދަރިން ހޯދަން ވަނީ އެކަމަށް ދެމަފިރިން ވެސް ތައްޔާރުވި އިރަކުން. އަދި އެއީ އެ ދެ މީހެއްގެ އަމިއްލަ ކަމެއް ވެސް މެ."
މިދިޔަ އަހަރު "ޕަދުމާވަތު" އިން ފެނުނުނު ދީޕިކާގެ ދެ ފިލްމެއް އަންނަ އަހަރު ކުރީކޮޅު ރިލީޒްވާން އެބައޮތެވެ. އެއީ ޖެނުއަރީ 10 ގައި ރިލީޒްކުރާ "ޗަޕާކް" އާއި އެޕްރީލް 10 ގައި ރިލީޒްކުރާ "83" އެވެ.
ރިޕޯޓްތައް ބުނާގޮތުން ދީޕިކާ ވަނީ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނޫނެވެ.
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
ދީޕިކާ އާއި ރަންވީރު ވަކިވާން އުޅޭކަމުގެ އަޑުތަކެއް
ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި؟
ދަރިޔަކު ހޯދާނީ ދެތިން އަހަރު ފަހުން: ރަންވީރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކާތިކް ބޭނުމީ ދީޕިކާ ކަހަލަ އަންބެއް
ދީޕިކާ އަށް ވީ ވައުދެއް ނުފުއްދި އެބައޮތް: ރަންވީރް
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް
ދީޕިކާ އިނީ ބަލިވެ؟