01 އޮކްޓޯބަރ 2022
ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ކައިވެނި ކޮށްގެން އުޅޭތާ ހަތަރު އަހަރު ފަހުން، އެ މީހުން ވަކިވާން އުޅޭ ކަމުގެ އަޑުއަރައިފި އެވެ.
ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ކައިވެނި ކޮށްގެން އުޅޭތާ ހަތަރު އަހަރު ފަހުން، އެ މީހުން ވަކިވާން އުޅޭ ކަމުގެ އަޑުއަރައިފި އެވެ.
ދީޕިކާ އާއި ރަންވީރު ރައްޓެހިވީ 2012 ވަނަ އަހަރު އެވެ. ލޯބީގެ ގޮތުން ގުޅުނުތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މީހުން އެންގޭޖުވެ، ވަރަށް ޕްރައިވެޓްކޮށް އިޓަލީގައި ބޭއްވި ހަފުލާއެއްގައި ކައިވެނިކުރީ 2018 ގަ އެވެ. އޭގެ ފަހުން ދެ ތަރިން ވެސް ފެންނަނީ ވަރަށް ލޯބިން އުޅެމުން އައި ތަނެވެ.
އެކަމަކު، އެ މީހުންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކުއްލިއަކަށް ވަކިވާން ނިންމި ކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރިފަ އެވެ. އެ އަޑު އެރީ އުމައިރު ސަންދު ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓަކާ އެކު އެވެ. ދީޕިކާ އާއި ރަންވީރުގެ ކައިވެނި ނިމުމަކަށް ގެންނަން އުޅޭ ކަމަށް ބުނެ އުމައިރު ސަންދު ކުރި ޓުވީޓާ އެކު އަޑުތަކެއް އެރިޔަސް އެކަމާ ގުޅިގެން މިހާތަނަށް އެ ދެ ތަރިން ވާހަކައެއް ނުދައްކަ އެވެ.
ޑިޕްރެޝަނުގައި ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލަމުންދާ ދީޕިކާ ވަނީ ޝޫޓިންއެއްގައި ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި ވަރަށް ފަހުން އެޑްމިޓްކޮށްފަ އެެވެ. އޭގެ ދެ ތިން ހަފުތާއެއްގެ ކުރިން ވެސް އެފަދަ ކަމެއް ދިމާވެގެން އޭނާ އަށް ފަރުވާދޭން ޖެހުނެވެ.
އެ މީހުންގެ 10 އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ކަމުގެ އަޑުތައް ފެތުރުނަސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެއީ އެއްވެސް ހަގީގަތެއް ނެތް ފޭކް ޚަބަރެކެވެ. ދީޕިކާ އާއި ރަންވީރު ވަކިވި ކަމަށް ބުނެ ޓްވީޓް ކުރި އެކައުންޓަކީ ވެރިފައިޑް އެކައުންޓެއް ނޫން ކަމަށާއި އެހެންވެ، ދޮގު ޚަބަރެއް ފެތުރީ ކާކުތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެ އެވެ.
ރަންވީރާއި ދީޕިކާ ވަކިވާން އުޅޭ ޚަބަރު ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވެފައި ވަނީ އާންމު ތަންތަނުގައި މީގެ ކުރިން އެ ދެ މީހުން އުޅެމުން އައި ގޮތުންނެވެ. ރަންވީރު ވެސް ދިޔައީ ވަރަށްް ބޮޑަށް އޭނާގެ އަންހުންނަށް ތައުރީފު ކުރަމުންނެވެ.
ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޝެޓީގެ "ސާކަސް" އެވެ. އާލިއާ ބަޓްއާ އެކު "ރޮކީ އޯރް ރާނީ ކީ ޕްރެމް ކަހާނީ" އިން ވެސް އޭނާ ފެންނާނެ އެވެ. އެންމެ ފަހުން "ގެހެރާއިޔާ" އިން ފެނުނު ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހުއާ އެކު އޭނާ ފެންނަ "ޕަތާން" ހިމެނެ އެވެ.
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި؟
ދަރިޔަކު ހޯދާނީ ދެތިން އަހަރު ފަހުން: ރަންވީރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކާތިކް ބޭނުމީ ދީޕިކާ ކަހަލަ އަންބެއް
ދީޕިކާ އަށް ވީ ވައުދެއް ނުފުއްދި އެބައޮތް: ރަންވީރް
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް
ދަރިއަކަށް ވުރެ މިވަގުތު މުހިންމީ ކެރިއަރު: ދީޕިކާ
ދީޕިކާ އިނީ ބަލިވެ؟