07 އޮކްޓޯބަރ 2019
އިންޑިއާއާ ގުޅިގެން ރާއްޖޭ ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭ ސަރަައްދުން 150 ކިލޯގެ ޑްރަގްސް އަތުލައިގެންފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އިންޑިއާއާ ގުޅިގެން ރާއްޖޭ ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭ ސަރަައްދުން 150 ކިލޯގެ ޑްރަގްސް އަތުލައިގެންފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭ ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
ހިންދުސްތާން ޓައިމްސް ނޫހުން ބުނީ މި އޮޕަރޭޝަން ހިންގީ އިންޑިއާ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގައުމާއި ލަންކާ އަދި ރާއްޖެ ގުޅިގެން ކަމަށެވެ.
ބޯޓު އަތުލައިގަތީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރަނިކޮށް ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ. ރާއްޖޭގެ ސިފައިންނާއި ފުލުހުން ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެންމެ އުތުރުން، ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގިކަން "މިހާރު" އަށް އެނގިފައިވެ އެވެ.
މި ޑްރަގް ޝިޕްމަންޓުގެ މައުލޫމާތު އިންޑިއާގެ ސަލާމަތީ ބާރުތަކަށް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ލިބުނީ އިންޑިއާގެ ކޮޗީއާ 500 ނޯޓިކަލް މޭލު ބޭރުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ބޯޓު އޮއްވަ އެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އިން ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑަށް މައުލޫމާތު ހިއްސާކޮށް އެ ދެ ގައުމުން ވެސް ބޯޓަށް ފާރަލަމުން ދިޔަ އެވެ.
"ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ވަނީ އެ ގައުމުގެ ކަނޑުގެ ސަަރަހައްދުން ބޯޓު އަތުލައިގެންފައި،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ބޯޓަށް މައުލޫމާތު ދީ ކަންތައް ކުރަންވީ ގޮތް އަންގަމުން ދިޔައީ، އެ އޮފިޝަލް ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ތިބި ބައެކެވެ. އަދި ބޯޓު ފާސްކުރި އިރު އެއިން ހެރޮއިން ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ބޯޓު އަތުލައިގަތް އިރު އެ ބޯޓުގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭ ޕާކިސްތާނު މަގުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ފަސް ވަނަ ޑްރަގް ޝިޕްމަންޓެވެ.
މިދިޔަ ޖުލައި މަހު ސްރީ ލަންކާގެ ކޯސްޓް ގާޑުން ވެސް ވަނީ ޕާކިސްތާނު މަގުން ބޭރުކުރި 140 ކިލޯގެ ޑްރަގްސް އަތުލައިގެންފަ އެވެ.
100 ކިލޯ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ހަށިވިއްކާ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ސީިރިއަސް
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް