05 އޮކްޓޯބަރ 2019
ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ވިދިވިދިގެން ދެ ވަނަ އަހަރު 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށް، އެންމެ މޮޅު އެތުލީޓްގެ މަގާމް ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު ހޯދައިފި އެވެ.
ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ވިދިވިދިގެން ދެ ވަނަ އަހަރު 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށް، އެންމެ މޮޅު އެތުލީޓްގެ މަގާމް ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު ހޯދައިފި އެވެ.
އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދީ މިއަދު 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ޖުމްލަ ތިން ރަން މެޑެއްޔާ އެކު އައިޝަތު ހިމްނާ ހަސަން އެވެ. އޭނާ ވަނީ އިއްޔެ 100 މީޓަރު ދުވުމުންނާއި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ ވަނީ މި އަހަރުގެ ގައުމީ މުބާރާތާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ވެސް ހޯދައިފަ އެވެ.
ނެޝަނަލް ގްރޯން ޕްރީ މުބާރާތުގައި ހިމްނާ ދުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިއަދު 200 މީޓަރު ދުވުމުން އެއް ވަނަ ހޯދައި ހަސަން ސާއިދު ވެސް ވަނީ އިއްޔެ ހޯދި 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގެ ރަން މެޑަލުގެ ލިސްޓަށް ތިން ވަނަ ރަން މެޑަލް އިތުރުކޮށްފަ އެވެ. އެކަމަކު އެންމެ މޮޅު އެތުލީޓުގެ މަގާމް ލިބޭގޮތް ނުވީ ފަޒީލް މުގުރާލި ރެކޯޑާ އެކު އޭނާ އަށް ޕޮއިންޓް ގިނަ ވުމުންނެވެ.
ފަޒީލް މިއަދު 9:11 މިނެޓުން ދުވެގެން އާކުރި 3000 މީޓަރު ދުވުމުގެ ރެކޯޑް އޭނާ އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ ބޭއްވި އެއް ވަނަ ގްރޯން ޕްރީ މުބާރާތުގައި 9:29 މިނެޓުން ދުވެގެންނެވެ. އެ ފަހަރު މުގުރާލީ 2011 ވަނަ އަހަރު 9:41 މިނެޓުން ދުވި އަޒްހަމް ވަހީދު ހަދާފައިވާ ރެކޯޑެވެ. މިއަދުގެ ރޭހުގައި ފަޒީލުގެ ފަހަތުން ނިންމައި ރިހި މެޑަލް ހޯދީ 9:12 މިނެޓުން ދުވި ހާފް މެރެތަން ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) އެވެ. ލޯ މެޑަލް ހޯދީ 10.14 މިނެޓުން ދުވި އައިމަން ޚާލިދެވެ.
އެއް ވަނަ އަންހެން އެތުލީޓް ހިމްނާ ތިން ވަނަ ރަން މެޑަލް ކަރުގައި އަޅުވާލަން، 200 މީޓަރުން ރަން މެޑަލް މިއަދު ހޯދީ 26.09 ސިކުންތުން ދުވެގެންނެވެ. އެ ރޭހުން ރިހި މެޑަލް ހޯދީ މިދިޔަ އަހަރުގެ ގްރޯން ޕްރީގެ އެއް ވަނަ އަންހެން އެތުލީޓް ނަޝާ ނިޒާރެވެ. އޭނާ ދުވެފައިވަނީ 27.40 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ 28.06 ސިކުންތުން ދުވި ރިފާ މުހައްމަދެވެ.
ނެޝަނަލް ގްރޯން ޕްރީ މުބާރާތުގައި ސާއިދު ރޭސް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފިރިހެނުންގެ 200 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 22.68 ސިކުންތުން ދުވެގެންނެވެ. އޭނާއާ ވާދަކޮށް ރިހި މެޑަލް ހޯދީ 22.95 ސިކުންތުން ދުވި އިބްރާހިމް އަޝްފާން އަލީ (އައްޕި) އެވެ. އަދި ލޯ މެޑަލް ހޯދީ 23.08 ސިކުންތުން ދުވި އިބާދުﷲ އާދަމެވެ.
ހަސަން ސާއިދު: 100 މީޓަރު، 200 މީޓަރު، 400 މީޓަރު
އައިޝަތު ހިމްނާ ހަސަން: 100 މީޓަރު، 200 މީޓަރު، 400 މީޓަރު
ހުސެއިން ރިޒާ: 800 މީޓަރު، 1500 މީޓަރު
އައިޝަތު ޖާއިޝާ ޖުނީޒް: 800 މީޓަރު، 1500 މީޓަރު
ހުސެއިން ފަޒީލް ހާރޫން: 3000 މީޓަރު (ގައުމީ ރެކޯޑް)
ޒުލައިޚާ އަބްދުﷲ: 3000 މީޓަރު
ނުޖޫމް ހަސަން: ލޯންގް ޖަމްޕް
އައިޝަތު ޝައިމް އަޒީޒް: ލޯންގް ޖަމްޕް
ފިރިހެނުންގެ 800 މީޓަރުން ރަން މެޑަލް ހޯދީ އިއްޔެ 1500 މީޓަރުން ރަން މެޑަލް ހޯދި ހުސެއިން ރިޒާ (ކުޑަރިޒާ) އެވެ. އޭނާ ދުވީ 2 މިނެޓު 00.92 ސިކުންތުންނެވެ. މި އިވެންޓަކީ ރާއްޖޭގައި މިވަގުތު މުގުރާނުލެވި އެންމެ ދުވަސްވީ ގައުމީ ރެކޯޑް އޮތް އިވެންޓެވެ. ރެކޯޑް އޮތީ 1999 ވަނަ އަހަރުގެ ސާފް ގޭމްސްގައި 1 މިނެޓު 53.08 ސިކުންތުން ދުވި ނަސީރު އިސްމާއީލްގެ އަތުގަ އެވެ. މިއަދު ރިހި މެޑަލް ހޯދީ 2 މިނެޓު 11.24 ސިކުންތުން ދުވި އަހުމަދު އައިހަމް މޫސާ އެވެ. އަދި ލޯ މެޑަލް ހޯދީ 2 މިނެޓު 12.93 ސިކުންތުން ދުވި އަލީ ވިލްދާނެވެ.
ރިޒާ އިއްޔެ 1500 މީޓަރު ދުވުން ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަންހެނުންގެ 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ އިއްޔެ އަންހެނުންގެ 1500 މީޓަރު ދުވުން ވެސް ކާމިޔާބުކުރި އައިމިނަތު ޖާއިޝާ ޖުނީޒެވެ. ޓައިމިން އަކީ 2 މިނެޓު 38.68 ސިކުންތެވެ. ރިހި މެޑަލް 2 މިނެޓު 48.46 ސިކުންތުން ދުވި މަރިޔަމް ޔާނާ ނާސިހް ހޯދިއިރު ލޯ މެޑަލް ހޯދީ 2 މިނެޓު 51.6 ސިކުންތުން ދުވި ފާތިމަތު އިޝްނާ އެވެ. މި ރޭހާއި އިއްޔެގެ 1500 މީޓަރު ރޭހުގައި ވެސް ޖާއިޝާއާ ވާދަކުރާނެ ކަމަށް ބެލެވުނު މަރިޔަމް އަބްދުލްކަރީމް (މަރީ) މި މުބާރާތުގައި ނުދެވެ އެވެ. އެއީ ބާލިން މެރެތަންގައި ދުވަން ޖަރުމަނަށް ދާން ޖެހުމުންނެވެ.
ޖާއިޝާ އިއްޔެ 1500 މީޓަރު ރޭހުގައި ދުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަންހެނުންގެ 3000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިވަނީ 13:44 މިނެޓުން ދުވެގެން ޒުލައިޚާ އަބްދުﷲ އެވެ. ރިހި މެޑަލް ހޯދީ ސަމްހާ މުހައްމަދެވެ. އޭނާ ދުވެފައިވަނީ 14.04 މިނެޓުންނެވެ. ލޯ މެޑަލް ހޯދީ 14:26 މިނެޓުން ދުވި ފާތިމަތު އަލްޔާ އިބްރާހީމެވެ.
ގްރޯން ޕްރީގައި ހިމެނޭ ހަމައެކަނި ޓްރެކް އިވެންޓް ކަމަށްވާ ލޯންގް ޖަމްޕުގެ އަންހެނުންގެ ބައިން ރަން މެޑަލް ހޯދީ އައިޝަތު ޝައިމް އަޒީޒެވެ. އޭނާ ފުންމާފައިވަނީ 4.46 މީޓަރަށެވެ. ރިހި މެޑަލް ހޯދީ 4.34 މީޓަރަށް ފުންމި ރިފާ މުހައްމަދެވެ. އަދި ލޯ މެޑަލް ހޯދީ 4.27 މީޓަރަށް ފުންމައިގެން ނޫރާ އަބްދުލްހަމީދެވެ.
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
10 މަސް ދުވަހުން ފަޒީލް އެހެން ލެވަލަކަށް
ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް
ރެކޯޑަކާ އެކު ފަސޫހާއަށް އެންމެ މޮޅު އެތުލީޓްގެ އެވޯޑް
ގާތްގާތުގައި ހިމްނާ 400 މީޓަރު ރެކޯޑް އާކޮށްފި
ފަޒީލް މިފަހަރު މުގުރާލީ 30 އަހަރުވީ ރެކޯޑެއް
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ
ދެއަހަރުގެ ތަމްރީނަށް ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް