Roadha Mihaaru
ރެކޯޑަކާ އެކު ފަސޫހާއަށް އެންމެ މޮޅު އެތުލީޓްގެ އެވޯޑް

ރެކޯޑަކާ އެކު ފަސޫހާ އަށް އެންމެ މޮޅު އެތުލީޓްގެ އެވޯޑް

24 ޑިސެމްބަރ 2023

ގައުމީ ރެކޯޑަކާ އެކު ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް، ފަސޫހާ އަހްމަދު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ރެކޯޑަކާ އެކު ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް، ފަސޫހާ އަހްމަދު ހޯދައިފި އެވެ.

އިއްޔެ ނިމުނު ގްރޯން ޕްރީގައި ފަސޫހާ ވަނީ، 1،500 މީޓަރުގެ ރެކޯޑް މުގުރާލައިފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ، މިހާރު ގައުމީ ފެންވަރުގެ މުބާރާތްތަކާ ދުރުގައި ހުރި އާމިނަތު ޖައިޝާ ޖުނީޒުގެ އަތުގަ އެވެ.

އެ ރެކޯޑް ފަސޫހާ މުގުރާލީ 5:4.2 (ފަސް މިނެޓާއި 4-2 ސިކުންތު) އިންނެވެ. ގްރޯން ޕްރީގައި 2021 ގައި ވާދަކޮށް ޖައިޝާ އެ ރެކޯޑް ހެދީ 5:5.36 ން ރޭސް ނިންމައިގެންނެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވާދަ ކުރި ފަސޫހާ ވަނީ 800 މީޓަރުގެ ރޭހުން ވެސް އެއްވަނަ ހޯދައިފަ އެވެ. އޭނާ އެ ރޭސް ނިންމީ 2 މިނެޓާއި 19.73 ސިކުންތުންނެވެ.

މިހާރު 800 މީޓަރުގެ ގައުމީ ރެކޯޑް ވެސް އޮތީ ފަސޫހާ އަތުގަ އެވެ. މި އަހަރު މެއި މަހު ބޭއްވި ގައުމީ ޓައިމް ޓްރެއަލްގައި 2 މިނިޓް 27.92 ސިކުންތުންނެވެ.

މީގެ ކުރިން އެ ރެކޯޑް އޮތީ، 2009 ވަނަ އަހަރު ޖަރުމަންގެ ބާލިންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އައިޝަތު ރީޝާ އަތުގަ އެވެ. ރީޝާ ރޭސް ނިންމާފައި ވަނީ 2 މިނިޓް 28.00 ސިކުންތުންނެވެ.