03 އޮކްޓޯބަރ 2019
ގަސްގަހުގައި އުޅޭ ސޫފި މަރަން ޖަހާ ބޭސް ކޮންޓްރޯލް ކުރުމަށް ވުރެ ރަނގަޅުވާނީ 100 ޕަސެންޓް އޯގަނިކް ފާމް ހައްދާ ވާހަކަ ދެއްކުން ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ގަސްގަހުގައި އުޅޭ ސޫފި މަރަން ޖަހާ ބޭސް ކޮންޓްރޯލް ކުރުމަށް ވުރެ ރަނގަޅުވާނީ 100 ޕަސެންޓް އޯގަނިކް ފާމް ހައްދާ ވާހަކަ ދެއްކުން ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެސްޓިސައިޑްގެ ބިލް ދިރާސާ ކުރުމަށް، އިގްތިސޯދީ އާއި އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި އަލީ ވިދާޅުވީ، މުޅި ކެމިކަލް ރިޖީމް ކޮންޓްރޯލް ނުކޮށް ވަކި އެއް މާއްދާއެއް ނަގައިގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ ދަނޑުވެރިކަމުގައި ބޭނުން ކުރަނީ ޕެސްޓިސައިޑް އެކަންޏަށް ނުވާތީ ކަމަށް ވިދާޅުވި އެވެ.
ޕާޓިލައިޒާސްގެ އިތުރުން ގަސް ކާނާ އަކީ ވެސް ދަނޑުވެރިކަމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެއްޗެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"..މި ހުރިހާ ކަމަކަށް ރިއާޔަތް ކޮށްފައި ދުނިޔެ ދާ މިސްރާބަށް ބަލާފައި، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މާ ފަހަތުގައޭ މި އުޅެވެނީ. އެހެންވެ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމުގެ ވާހަކަ އަށް ވުރެ ފުލީ އޯގަނިކް ފާމެއް ހައްދާ ވާހަކަ ހަގީގަތުގައި ދައްކަންވީ،" އެމްއެންޑީއެފާއި ކަސްޓަމްސްގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި ކޮމިޓީގައި އަލީ ވިދާޅުވި އެވެ.
އޭނާ ވަނީ 21 ވަނަ ގަރުނުގައި ޕެސްޓިސައިޑް ގެނެސް އެ ކޮންޓްރޯލް ކޮށްގެން ބޭނުން ކުރުމާ ގުޅޭގޮތުން ސުވާލު އުފައްދަވައިފަ އެވެ.
"ރަށްތަކުގެ ފެން ފަށަލައިގައި ނުވަތަ ބިމުގައި މިވަރު ހުރިތޯ ނޫނީ ޕެސްޓިސައިޑް އަޅައިގެން ވިހަ ކާނާ ހައްދައިގެން އެ ކައިގެން ހަމަ ރަނގަޅުވާނެތޯ އެހެން ނޫނީ ވިހަ ނާޅާ ހުރި މަސްކޮޅެއް ކާލައިގެން ނޫނީ ފަތްކޮޅެއް ކާލައިގެން އުޅެން މި އަށް ވުރެ ރަނގަޅުތޯ.؟ މިއީ ހަމަ ހިތުގައި އުފެދޭ ސުވާލު،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގެ އަންދްރަޕްރަދޭޝްގައި އުފައްދާ ހުރިހާ މޭވާއަކާއި ތަރުކާރީ އަކީ ވެސް 2023 ވަނަ އަހަރާ ހަމައަށް ދާއިރު ކެމިކަލެއް ބޭނުން ނުކޮށް 100 ޕަސެންޓް އޯގަނިކް ފާމަށް ބަދަލުވާއިރު، ރާއްޖެ އަދި އުޅެނީ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމުގަ އެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު މަރްޒޫގް މިދިޔަ އޭޕްރީލް މަހު މަޖިލީހަށް ބިލް ހުށަހެޅުއްވީ ޕެސްޓިސައިޑްގެ ސަބަބުން ދިމާވެދާނެ ނުރައްކަލުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެއްސާއި ކަނޑާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޕެސްޓިސައިޑް ގެންގުޅުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅެޅުމަށެވެ.
ޕެސްޓިސައިޑްގެ ސަބަބުން ދިމާވެދާނެ ނުރައްކަލުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެއްސާއި ކަނޑާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޕެސްޓިސައިޑް ގެންގުޅުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމަކީ ބިލްގެ މަގްސަދެކެވެ.
ޕެސްޓިސައިޑް ބިލް ރައީސް ތަސްދީގު ކުރައްވައިފި
ޕެސްޓިސައިޑްގެ ބިލް މަޖިލިހުން ފާސްކޮށްފި
ހިތުހުރި ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރުމުގެ އަގު
ޕެސްޓިސައިޑް ބޭނުންކުރުމާ ބެހޭ ބިލެއް މަޖިލިހަށް
ދުސްތޫރީ މައްސަލައަށް އެމްޑީޕީ، ޑިމޮކްރެޓުން ވަންނަނީ
ފަސް އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހުމާއި ޝުކުރު!
އުތުރުތިލަފަޅާ އެކު ރަށްރަށަށް ދަނޑުވެރިކަން ފުޅާވާނެ
އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން
އަލީ އާދަމް ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެނީ
ކޮމިޓީތައް އެކުލަވާލަން އެމްޑީޕީން ދޫދޭން ބޭނުމެއް ނުވޭ