Roadha Mihaaru
"ފަސޭހަ މަގު" އުރީދޫގައި ހިލޭ ބޭނުންކުރެވޭނެ

ހައުސިންގެ "ފަސޭހަ މަގު" އެޕް އުރީދޫ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދައިފި

22 ސެޕްޓެމްބަރ 2016

ހައުސިން މިނިސްޓްރީގެ އެޕްލިކޭޝަން، "ފަސޭހަ މަގު" އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައުސިން މިނިސްޓްރީގެ އެޕްލިކޭޝަން، "ފަސޭހަ މަގު" އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

މި އެޕަކީ މިނިސްޓްރީން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި ހިދުމަތްތަކާ ގުޅިގެން އާންމުންގެ ހިޔާލާއި ޝަކުވާ ހުށަހަޅަން ހުޅުވާލި ދޮރެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މި އެޕުން މަގުތައް ބަންދުވާނެ ގަޑިތަކާއި މަގުތަކާ ގުޅޭ މައްސަލަތައް ރިޕޯޓު ކުރެވެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި އެޕް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މަގުމަތީގައި ހުންނަ އެކި މައްސަލަތައް ރިޕޯޓު ކުރަމުންނެވެ.

"ލައިވްކޮށް ކުރިއަށްދާ އެޕެއް މިއީ. ދުވާލު ވިޔަސް، ރޭގަނޑު ވިޔަސް ކަމެއް ރިޕޯޓުކޮށްފިއްޔާ އެކަމެއް މިނިސްޓްރީން ބަލަމުން މި ދަނީ،" މުއިއްޒު ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މި އެޕްލިކޭޝަނަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޭނުންތެރި އެޕްލިކޭޝަނެއް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖެ ޑިޖިޓަލް ގައުމަކަށް ހެދުން ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ކުރިއެރުން ހޯދުމަށް މިނިސްޓްރީއާ އެކު މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މަގުމައްޗާ ގުޅޭ ކަންކަމުގެ މައުލޫމާތުގެ އިތުރަށް، އެޕްގެ ޕްރޮޖެކްޓް ސެކްޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީން ހިންގަމުން އަންނަ މަޝްރޫއުތަކާއި މިހާތަނަށް ނިންމާފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ލިބެން ހުރެ އެވެ.