01 އޮކްޓޯބަރ 2019
އަހަރެމެންގެ އިރުގެ ނިޒާމުގައި، ސެޓާން އަކީ ހަ ވަނަ ޕްލެނެޓް އެވެ. ސެޓާން ވަށައިގެން 62 ހަނދު އެނބުރޭ ކަމަށް ވެ އެވެ. މި އަދަދު އަދި އިތުރުވެދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ. ސެޓާން އަށް ލިބިގެންވާ ހަނދުތަކުގެ ތެރެއިން، އެންމެ ބޮޑީ "ޓައިޓަން" އެވެ.
އަހަރެމެންގެ އިރުގެ ނިޒާމުގައި، ސެޓާން އަކީ ހަ ވަނަ ޕްލެނެޓް އެވެ. ސެޓާން ވަށައިގެން 62 ހަނދު އެނބުރޭ ކަމަށް ވެ އެވެ. މި އަދަދު އަދި އިތުރުވެދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ. ސެޓާން އަށް ލިބިގެންވާ ހަނދުތަކުގެ ތެރެއިން، އެންމެ ބޮޑީ "ޓައިޓަން" އެވެ.
ޓައިޓަންއާ ބެހޭ ގޮތުން ހޯދައި، ދަސްކުރުމަށް އުޅަނދެއް ފޮނުވުމަކީ ސައިންސްވެރިން ދެކޭ ހުވަފެނެކެވެ. ނަމަވެސް، ޓައިޓަން އަށް ފޮނުވަން ކަމުދާ ޒާތުގެ އުޅަނދެއް، އަދިވެސް ކަށަވަރެއް ނުވެ އެވެ. ޑިޒައިނަރުން ކުރަހަނީ އެވެ. އުޅަނދަކާ ބެހޭ ގޮތުން މިހާރު ކުރެވޭ ފިކުރަކީ، ޓްރާންފޯމާ ފިލްމުތަކުން އެ ފެންނަ ޒާތުގެ، ބައްޓަން ބަދަލުކުރެވޭ، ރޫޅައި ރޭވޭ ޒާތުގެ ރޮބޮޓެކެވެ.
ސައިންސްވެރިންގެ ވިސްނުން ހުރީ މި ކަހަލަ ގޮތަކަށެވެ. އުޅަނދު ބިމުން ފުރައިގެން ދަތުރުކޮށް ދާންވީ އެވެ. އެކި ފަހަރު އެކި ބައްޓަމަށް ބަދަލުކުރަމުންނެވެ. ޓައިޓަން އަށް ދެވުނު ދުވަހަކުން، އެ ތަނުގައި ވެސް އުޅަނދު ހަރަކާތްތެރި ވާނީ، ރޫޅައި އަދި ރޭވޭ ޒާތުގެ "ލެގޯ ބްލޮކް"ތަކެއް ފަދައިންނެވެ. އެއީ ބައެއް ފަހަރު، މަގު ހިނގާ ރޮބޮޓެކެވެ. ބައެއް ފަހަރު ޑްރޯންއެކެވެ. ބައެއް ފަހަރު އެނބުރޭ ފުރޮޅެކެވެ.
ޓައިޓަން އަށް ފޮނުވާ އުޅަނދަކާ ބެހޭ ގޮތުން ދެކެވޭ ވާހަތަކުގައި، ޓައިޓަން އަށް މައި އުޅަނދެއް ފޮނުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވެ އެވެ. މައި އުޅަނދު ދަތުރުކޮށް ދާނީ ކުދި ރޮބޮޓްތަކެއް ގޮވައިގެންނެވެ. ޓައިޓަން އަށް ދެވުމުން، ކުދި ރޮބޮޓްތައް އެކުވެ، އެކަތިގަނޑަކަށް ރާވާލެވެ އެވެ. އަދި މައި އުޅަދު ދޫކޮށް ޓައިޓަން ތެރޭގައި ދަތުރުކޮށް ސާމްޕަލް ހޯދައި ގެނެވެ އެވެ. ރޮބޮޓްތައް ވަކިވަކިން އެކި ސަރަހައްދުތަކަށް ގޮަސް ސާމްޕަލް ނެގުމަކީ ވެސް ވިސްނުމެކެވެ.
މިއީި އަޑުއަހާލަން ފަސޭހަ ވާހަކައެއް ނަމަވެސް، އަމަލީ ސިފަޖެހޭނެ ދުވަހެއް ވެސް އެނގޭ ކަމެއް ނޫނެވެ. ރޫޅާ ރާވާ ރޮބޮޓެއް ޓައިޓަން އަށް ފޮނުވަން ބޭނުންވާ ޓެކްނޮލޮޖީ މި ޒަމާނުގައި ހުރި ނަމަ ވެސް، އުޅަނދު ފުރިހަމަކުރަން ނަގާނެ ވަގުތު ބުނެދޭކަށް އަދި ނޭނގެ އެވެ.
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ބޭރުގެ ތަޖުރިބާކާރެއް
މާސްގެ ބިމަށް އުޅަނދު ޖައްސާ ވަގުތުކޮޅުގެ ވީޑިއޯއެއް
ނާސާ އާއި ސްޕޭސް ފޯސް ގުޅުން ބަދަހިކުރަނީ
އިންސާނުން މާސް އަށް ދާނީ ވީނަސްގައި ރޭކޮށްފައި!
ޖައްވަށް ނުދެވުނަސް ޖައްވުގެ ވަސް ބެލިދާނެ
ނާސާ އިން މުސާރަދޭ ގޮތަށް، މާސް އަށް ފޭކް ދަރުތެއް
ހަނދަށް ނިއުކްލިއާ ރިއެކްޓަރެއް
ޖައްވުގައި ދެ ސެޓެލައިޓް ޖެހި މުޑިއަރަނީ
ހަނދަށް ދިއުން މުހިންމެއް ނޫން