29 ސެޕްޓެމްބަރ 2019
އީރާނުގެ ބޯޓަކުން 49 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން ދެ މީހެއްގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.
އީރާނުގެ ބޯޓަކުން 49 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން ދެ މީހެއްގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ މެއި މަހު ރާއްޖެ އަށް އައި އީރާނުގެ ބޯޓު ހުއްޓުވައި، ފާސް ކުރިއިރު އެ ބޯޓުގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި 49 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ އީރާނުގެ ހަތް މީހެއްގެ މައްޗަށެވެ.
މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެ ހަތް މީހުންގެ މައްޗަށް ކުރުމުގެ އިތުރުން އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ދެން ތިބި ދެ މީހުންގެ މައްޗަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭގެ ތެރެއިން ދެ މީހެއްގެ ބައި އަނބުރާ ގެންދަން ނިންމީ އެ ދެ މީހުންގެ ބަލި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި އެ ދެ މީހުންގެ ބައި އަނބުރާ ގެންދަން ބޭނުންވާ ކަން އަންގައި، ކޯޓަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ދެ މީހުންގެ ބައި އަނބުރާ ގެންދިޔަޔަސް، ދެން ތިބި ފަސް މީހުންގެ ބައި މިއަދު ކުރިއަށް ގެންދަން މަސައްކަތް ކުރި އެވެ.
އެ ފަސް މީހުންނަށް ޝަރީއަތުގެ މަރުހަލާގައި ލިބިގެންވާ ހައްގުތައް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސާފުކޮށް ދެއްވުމަށް ފަހު، އީރާނު ބަހުން އެކަން ދައުވާ ލިބޭ މީހުންނަށް ތަރުޖަމާކޮށް ދިނުމަށް އެންގެވުމުން އެ ފަސް މީހުންގެ ވަކީލް ވިދާޅުވީ ކޯޓުގެ ފަރާތުން އެ މައްސަލައިގައި ހަމަޖެއްސި ތަރުޖަމާނަށް ދިވެހި ބަސް ރަނގަޅަށް ފަހުމް ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ދިވެހި ބަސް ރަނގަޅަށް އެނގޭ އަދި ޝަރީއަތުގައި ހިނގާ ކަންކަން ދައުވާ ލިބޭ މީހުންނަށް ރަނގަޅަށް ތަރުޖަމާކޮށް ދެވޭ ފަދަ ތަރުޖަމާނަކު ހުރެގެން ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހެންވެ، ދިވެހި ބަސް ރަނގަޅަށް އެނގޭ ތަރުޖަމާނަކާ އެކު މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މިއަދުގެ އަޑުއެހުން ވަނީ އިތުރަށް ކުރިއަށް ނުގެންގޮސް، ނިންމާލައިފަ އެވެ. ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އެކަމަށް ފުރުސަތު ދިނުމަށް ފަހު ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ މީހުން ޖޫރިމަނާ ކުރާނެ އެވެ.
70 ކިލޯ ޑްރަގް: ދައުވާ އަނބުރާ ގެންގޮސްފި
ޖަލުގައި ޑްރަގް ގެންގުޅުމުން އުމުރަށް ޖަލަށް
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު