27 ސެޕްޓެމްބަރ 2019
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޖޮބް ފެއާ މިރޭ ފަށައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޖޮބް ފެއާ މިރޭ ފަށައިފި އެވެ.
ޓޫރިޒަމް ދާއިރާގެ 67 ރިސޯޓް ބައިވެރިކޮށްގެން، ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރާ މި ޖޮބް ފެއާ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މި ފެއާގައި ދިވެހިންނަށް ހާއްސަކޮށްގެން 500 އަށްވުރެ ގިން ވަޒީފާ ވަނީ ހުޅުވާލައިފަ އެވެ.
މިރޭ ފެށި މި ފެއާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ފަރުކޮޅުފުށީގަ އެވެ. މި ފެއާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މާލޭގެ 2 ނަންބަރު ޖެޓީން ކޮންމެ 30 މިނެޓަކުން ޓްރާންސްފާ ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޖޮބް ފެއާ ފެށުމަށް މިރޭ ބޭއްވި ހަފްލާގައި މިނިސްޓަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުން ބައިވެރިވި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރު ފަށާ މި ފެއާގައި ދިވެހިންނަށް ހާއްސަ ވަޒީފާތައް ހުޅުވާލާފައިވާއިރު ވީހާވެސް ގިނަ ޒުވާނުން ފެއާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި މި ފެއާ މީގެ ފަހުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ޓޫރިޒަމް ދާއިރާގައި ދިވެހިންގެ ރޯލު އިތުރުކުރުމަށް ޓޫރިޒަމް ދުވަހާއި ގުޅިގެން ސަރުކާރުން ފެށި ފެއާއެކެވެ. މި ފެއާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ.
ޓޫރިޒަމް ޖޮބް ފެއާ ބޭއްވުމަށް މިރޭ ބޭއްވި ހަފްލާގައި އިކޮނޮމިކް މިނިސްޓަރާއި ޓުރިޒަމް މިނިސްޓަރުގެ އިތުރުން އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަމާޒަކީ އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން: ފައިސަލް
އަމާޒަކީ މިއަަހަރު 10 މިލިއަން ބެޑްނައިޓްސް: މައުސޫމް
ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަނުކުރަން ނިންމައިފި
ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި
ޓޫރިޒަމް ދުވަހު މާލޭގައި ހަވާ އެރުވުން ކެންސަލް
17 އަތޮޅު ތަމްސީލުކުރި ކެނޯ ރޭސް ނިންމާލައިފި
ޓޫރިޒަމް ދުވަސް ފާހަގަކުރަން ދުނިޔޭގެ ރެކޯޑެއް ހަދަނީ
ޓޫރިޒަމް ތަރައްގީކުރުމާ ބެހޭ މަޝްވަރާތަކެއް ފަށައިފި
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ