25 ސެޕްޓެމްބަރ 2019
ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާ ކުންފުނިން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށް އާބިޓްރޭޝަނަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާ ކުންފުނިން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށް އާބިޓްރޭޝަނަށް ހުށަހަޅައިފި އެވެ.
ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން، އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ ހޯމަ ދުވަހު ހުށަހެޅީ އެ ކުންފުނިން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް މި ސަރުކާރުން ފައިސާ ދީފައިނުވާތީ އާއި އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައި ވާތީ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ އޮފީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މެލޭޝިއާގެ އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 123 މިލިއަން ޑޮލަރެވެ. އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނީގެ ޗެއާމަން ޑަޓުކް ސަޒްމީ މިއަހް، މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލް އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިފަހުން އެ ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށެވެ. ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިގެންނާއި ސިޓީ ފޮނުވައިގެން ވެސް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހެޅުމުން ޖަވާބެއް ނުދެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެ ނޫހުން ސުވާލު ކުރުމުން ހައި ކޮމިޝަނަރު ވިސާމް ވިދާޅުވެފައި ވަނީ ސަރުކާރުން އެ ކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ޗެއާމަން ސަޒްމީ ވިދާޅުވެފައިވަނީ އެ ޕްރޮޖްކެޓް ހުއްޓާލަން ސަރުކާރުން ނިންމައިފި ނަމަ މިހާރު އެދިފައިވާ 30 މިލިއަން ޑޮލަރުގެ އިތުރުން އިތުރު 30 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާނެ ކަމަށެވެ.
ޔާމީންގެ ސަރުކާރުން އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ނިޔަލަށް ނިންމާ ގޮތަށެވެ. އެ އިމާރާތަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުންނަ ބޮޑެތި އޮފީސް ޓަވަރުތަކުގައި ހިމެނޭ ފީޗާސްތައް ހިމެނޭ ގޮތަށް ހަދާ ތަނެއް ކަމަށް އޭރު އެޗްޑީސީން ވަނީ ބުނެފަ އެވެ.
22 މިލިއަން ޑޮލަރު ނުދޭތީ މެލޭޝިއާ ކުންފުނިން ކޯޓަށް
މެލޭޝިއާގެ ކުންފުންޏަށް ދޭންޖެހުނީ މަސައްކަތުގެ އަގު
އެޗްޑީސީން 22 މިިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
އާ އޮފީސް އިމާރާތުގެ މައްސަލަ ހައްލުކުރެވޭތޯ ބަލަނީ
ހުޅުމާލެ 2 ގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް
މުފްތީ މެންކުގެ ދަރުހެއް މި މަހު 31ގައި ހުޅުމާލޭގައި
ޗައިނާ މީހާ ވެއްޓުނު އިމާރާތުގެ މައްސަލައެއް ނެތް
ހުޅުމާލޭގައި ހިނގާ ހާދިސާތައް ބެލުން ކައުންސިލަށް
ފިނޭންސް އިމާރާތް އަޅާނީ ސަރުކާރުން ފައިސާ ދޭ ނަމަ
ހުރަވީ ސްކޫލަކީ ބައިނަލްއަގްވާމީ ޑިޒައިނެއް:އާކިޓެކްޓް