އައްޑޫގައި އަޅާ ބެޑްމިންޓަން ކޮމްޕްލެސްގެ އަމަލީ މަސައްކަތްތައް ފަށައިފި އެވެ.
07 ސެޕްޓެމްބަރ 2019
އައްޑޫގައި އަޅާ ބެޑްމިންޓަން ކޮމްޕްލެސްގެ އަމަލީ މަސައްކަތްތައް ފަށައިފި އެވެ.
މި ކޮމްޕްލެކްސް އިމާރާތް ކުރަނީ ހިތަދޫ ޒުވާނުންގެ މަރުކަޒު ހުރި ބިމުގަ އެވެ.
ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު ހަތަރު ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ގާއިމްކުރާނެ އެވެ. ދެ ބުރި އަށް ހަދާ ކޮމްޕްލެކްސްގެ މަސައްކަތް ކުރަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އިންނެވެ.
އޭޕީސީ އަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވެކެވެ.
Addu Badminton Complex ge masahkaiy kuriyah dhany. Mi mashroou aky @MinYouthSports ge faraathun APC aai havaalukohgen kuriyah gendhaa mashroou eh. Mi complex alhany bainal’aguvaamy mubaaraiythah kulhevey gothah vaseelaiythakaa eku 4 badminton court ekulevey hall eh himeney gothah pic.twitter.com/MtzljHsu3K
— Addu City Council (@AdduCityCouncil) September 5, 2019
ޔޫތު މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހިންގާ މި މަޝްރޫއު އޭޕީސީއާ ހަވާލުކުރީ މިދިޔަ މެއި މަހުގެ 21 ގަ އެވެ. ބެޑްމިންޓަން ކޮމްޕްލެކްސް އަށް 6،061،191.4ރ. ހަރަދުވާ އިރު މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަން ނިންމި އިރު، މި ސިޓީއަކީ ގައުމީ ފެންވަރުގައި ބެޑްމިންޓަނުން ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ އަދި ބެޑްމިންޓަނަކީ އައްޑޫގެ ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރަކެވެ.
ބޭރުގެ މުބާރާތާއެކު އައްޑޫ ބެޑްމިންޓަން ކޯޓް ހުޅުވައިފި
އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް އަޅަނީ
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
22 އަހަރުފަހުން ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފި
ހިތަދޫ ކުޅި ސަރަހައްދުގައި ރޯވެއްޖެ
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ