04 ސެޕްޓެމްބަރ 2019
ހޮރައިޒަން ފިޝަރީޒް އިން މަސް ގަންނަ ވަރު ކޮންޓްރޯލް ކޮށްފި އެވެ.
ހޮރައިޒަން ފިޝަރީޒް އިން މަސް ގަންނަ ވަރު ކޮންޓްރޯލް ކޮށްފި އެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސް ގަންނަ އަދަދު ކޮންޓްރޯލް ކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެފައި ވާތީ ކަަމަށެވެ. އެހެންކަމުން މަސް ބޭރުނުކުރެވި މަސް ރައްކާކުރާ ސްޓޯރެ'ޭޖްތައް ފުރިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ހޮރައިޒަނުން ވަނީ މީގެ ސަބަބުން މަސް ބަންދު ކުރުން ވެސް މަޑު ޖައްސާލާފަ އެވެ.
މަސް ރައްކާ ކުރާ ސްޓޯރޭޖްތައް ފުރުމާ ގުޅިގެން މިހާރު ބާޖެއް ގެނެސް އެއަށް މަސް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮރައިޒަންގެ އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ހޮރައިޒަނުން ގެނައި މި ބަދަލާއެކު މިއަދުން ފެށިގެން އެ ކުންފުނިން ދުވާލަކު ދޯންޏަކުން ކިރާނި އެއް ޓަނު މަހެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވި ނަމަވެސް މިހާތަނަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރީ ހޮރައިޒަނުންނެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ހިންގަމުން އަންނަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލު އައި ނަމަވެސް މިފްކޯއިން މަސް ގަންނަ އަދަދަށް ބަދަލު ގެނެސްފައި ނުވާ ކަމަށެވެ. މިހާރު ވެސް މަސްވެރިން ބާނާ ހުރިހާ މަހެއް އަގަށް ބަދަލު ނުގެނެސް ގަންނަމުން އަންނަ ކަމަށް އަމްރު ވިދާޅުވި އެވެ.
މަސްވެރިންގެ އެކައުންޓަށް ފައިސާ ޖަމާކުރަން ފަށައިފި
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
ކެރޭނު ވެއްޓުނު ދޯނީގެ މީހުން ގާސިމާ ބައްދަލު ކުރަނީ
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް
މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާނެ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ކަންބޮޑުވުންތަކާ އެކު ކެޔޮޅުން ރައީސްގެ އަރިހަށް!
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ