ކޮކްސް ބާޒާރު (ސެޕްޓެމްބަރު 3) - ރޮހިންޖާ ކޭމްޕްތަކުގައި މޯބައިލް ފޯން ބޭނުން ކުރުން މަނާކުރުމަށް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ބަންގްލަދޭޝް އިން އަންގައިފި އެވެ.
03 ސެޕްޓެމްބަރ 2019
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 3) - ރޮހިންޖާ ކޭމްޕްތަކުގައި މޯބައިލް ފޯން ބޭނުން ކުރުން މަނާކުރުމަށް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ބަންގްލަދޭޝް އިން އަންގައިފި އެވެ.
ބަންގްލަދޭޝްގެ މި ފިޔަވަޅުގެ ސަބަބުން ކޮކްސް ބާޒާރުގައި އެތައް ކިލޯ މީޓަރަކަށް ދެމިފައިވާ ކޭމްޕްތަކުގައި ދިރިއުޅޭ މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން އެއްބަޔަކު އަނެއް ބަޔަކާ މުވާސަލަތީ ގުޅުން ކެނޑިގެންދާނެ އެވެ. މިއަންމާގައި ތިބި އާއިލާތަކުގެ މެންބަރުންނާ ވެސް ގުޅޭނެ ގޮތެއް ނޯންނާނެ އެވެ.
ބަންގްލަދޭޝް ޓެލެކޮމިއުނިކޭޝަން ރިގިއުލޭޓަރީ ކޮމިޝަންގެ ތަރުޖަމާން ޒާކިރު ހުސައިން ޚާން ވިދާޅުވީ ރެފިއުޖީ ކޭމްޕްތަކުގައި މޯބައިލް ނެޓްވޯކްތައް ބަންދުކޮށް އެ މީހުންނަށް ސިމް ކާޑް ވިއްކުން ހުއްޓާލުމާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓް ހަތް ދުވަހުގެ ތެރޭގައި ޓެލެކޮމް ކުންފުނިތަކުން ސަަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"ކޭމްޕްތަކުގައި ވަރަށް ގިނަ ރެފިއުޖީން ދަނީ މޯބައިލް ފޯން ބޭނުން ކުރަމުން. އެކަން ހުއްޓުވަން އޮޕަރޭޓަރުންނަށް ވާނީ އަންގާފައި. އެއީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ ވޭތުވެދިޔަ ދުވަސްތަކުގައި ކޭމްޕްތަކުގައި ބޮޑެތި ޖަރީމާތައް ހިންގައިފައިވާތީ ކަމަށެވެ.
އޮގަސްޓް 2017 ގައި ރަކީން ސްޓޭޓުގައި ދިރިއުޅޭ ރޮހިިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގަން ފެށި ލާއިންސާނީ އަމަލުތަކާ ގުޅިގެން ހަތް ލައްކައެއްހާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. އޭގެ ކުރިން ދެ ލައްކައެއްހާ ރޮހިންޖާ ރެފިއުޖީން ދިޔައީ ބަންގްލަދޭޝްގައި ދިރިއުޅެމުންނެވެ.
ރޮހިންޖާ ކޭމްޕްތަކުގައި މޯބައިލް ފޯން ބޭނުން ކުރުން 2017 ވަނަ އަހަރު ވެސް މަނާކުރި އެވެ. ނަމަވެސް އެކަން ތަންފީޒްކޮށްފައެއް ނުވެ އެވެ.
ރޮހިންޖާ ރެފިއުޖީން މޯބައިލް ފޯނު ގެންގުޅުން މަނާކޮށްފި
ރޮހިންޖާ ނަސްލު ނައްތާލިޔަދީގެން ނުވާނެ: ބަންގްލަދޭޝް
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ޑރ. މުހައްމަދު އަލީ ރޮހިންޖާ ރެފިއުޖީ ކޭމްޕުތަކަށް!
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ވައިރަސް
ރޮހިންޖާ ރެފިއުޖީން އެހެން ރަށަކަށް ބަދަލު ކުރަނީ
އެތައްހާސް ރެފިއުޖީން ގަތުލްއާއްމުގެ ދުވަސް ފާހަގަކޮށްފި