Roadha Mihaaru
ހުޅުމީދޫ ކުޅި ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމީދޫ ކުޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

18 ސެޕްޓެމްބަރ 2016

އައްޑޫ ހުޅުމީދޫގައި ކުޅި އޮންނަ ސަރަހައްދުގައި މިއަދު އިރުއޮއްސުނު އިރު ރޯވި އަލިފާންގަނޑު މީގެ އިރުކޮޅެއް ކުރިން ނިއްވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ހުޅުމީދޫގައި ކުޅި އޮންނަ ސަރަހައްދުގައި މިއަދު އިރުއޮއްސުނު އިރު ރޯވި އަލިފާންގަނޑު މީގެ އިރުކޮޅެއް ކުރިން ނިއްވާލައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނި ގޮތުގައި އެ ތަނުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 6:30 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާ އެކު ފުލުހުންނާއި އާއްމުން ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެން ލިބުން ދަތިވުމުގެ ސަބަބުން އަލިފާންގަނޑު ނިއްވާލުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"ރޯ ފަން އެއްޗެހި ބޭނުންކޮށްގެން އެހާ އަވަހަށް ނިއްވާލެވުނީ ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.