18 އޯގަސްޓް 2019
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވި ޓަގުގެ ކައްޕި ރާއްޖެ އިން ފުރުން މަނާކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވި ޓަގުގެ ކައްޕި ރާއްޖެ އިން ފުރުން މަނާކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، އެމަނިކުފާނު ކަނޑުމަގުން ފިއްލެވީ "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރުގެ ޓަގެއްގަ އެވެ. އެ ބޯޓުގައި އަދީބު ރާއްޖެ އިން ބޭރަށް ދަތުރު ކުރައްވަނިކޮށް ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބޭރުންނެވެ.
ފުލުހުން ބުނީ ޓަގުގެ ކައްޕި ފުރުން މަނާކުރީ އެ ބޯޓާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ޓަގުގެ ކައްޕިއަކަށް ހުރީ ވިވިން ގުނާވަން ކިޔާ އިންޑޮނީޝިއާ މީހެކެވެ.
އަދީބާ އެކު ކުރި ދަތުރަށް ފަހު އެނބުރި ރާއްޖެ އައުމުން ކަސްޓަމްސް މެދުވެރިކޮށް ފުލުހުން ވަނީ ޓަގު ވެސް ހިފަހައްޓައިފަ އެވެ. އެއީ އިންޑިއާ އިން ރާއްޖެ އަށް ބޮޑު ހިލަ އެތެރެކުރާ ޓަގެކެވެ.
އަދީބު އެ ޓަގަށް އަރާ ވަޑައިގަތް ގޮތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
އެ ޓަގުގެ ދިވެހި އެޖެންޓް "ޓްރާންސް ލިންކް" އިން ބުނެފައި ވަނީ އަދީބު ބޯޓަށް އެރި ގޮތް އެނގިފައި ނުވާ ކަމަށެވެ.
ޝިޕިން ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ފުރައިގެންދާ ބޯޓަކަށް އަރައިގެން ފިލޭނެ ގިނަ ފުރުސަތުތަކެއް ހުރެ އެވެ. ރާއްޖެ ވަންނަ ބޯޓުތަކަށް ކަސްޓަމާއި އިމިގްރޭޝަންގެ މުވައްޒަފުން ކަނޑުމަތިން އަރައި ބަލައި ފާސްކުރި ނަމަވެސް ރާއްޖޭން އެ އުޅަނދުފަހަރު ފުރައިގެން ދާއިރު ބޯޓުފަހަރަށް އަރައި ޗެކްކުރުން ނޯންނަ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ބައެއް ބޭފުޅުން ލަފާ ކުރައްވާ ގޮތުގައި އަދީބު އަރާވަޑައިގަތީ ކަނޑުމަތިންނެވެ.
މި ޓަގުގައި އަދީބު ފިއްލެވި މައްސަލައިގައި ހައްޔަރުކޮށް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ވަނީ ބަންދުކޮށްފަ އެވެ. އަދީބު ޓަގުގައި ފިއްލެވީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވި ހުރިހާ ހުކުމްތަކަކުން މިނިވަންވެފައި ވަނިކޮށެވެ.
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ
އަދީބަށް ކުރާ ދެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި
އަދީބަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި
ސްނައިޕަރު މައްސަލާގައި ދައުވާ ސާފުނުވާ ކަމަށް ބުނެފި
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު