Roadha Mihaaru

ކެނޯއެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަނީ

ވިލިމާލެ ކައިރިން ކެނޯއެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން މިރޭ ފަށައިފި އެވެ.

ކެނޯއެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

11 އޯގަސްޓް 2019

ވިލިމާލެ ކައިރިން ކެނޯއެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން މިރޭ ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ވިލިމާލޭ ބީޗް ސަރަހައްދުން ކެނޯއެއްގައި ދަތުރު ކުރަނިކޮށް ގެއްލުނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހުން ގެއްލުނު ކަމުގެ ރިޕޯޓް ފުލުހުންނާއި ކޯސްޓްގާޑަށް ލިބުމުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ދަތުރު ކުރަމުން ދިޔައީ އޮރެންޖް ކުލައިގެ ކެނޯއެއްގަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުންނާއި ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ކަނޑު ގަދަވެ، ކަނޑުމަތީގެ ބައެއް ހާދިސާތައް މިއަދު ވަނީ ހިނގައިފަ އެވެ.