އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސ. ފޭދޫ ހޯދައިފި އެވެ.
17 ސެޕްޓެމްބަރ 2016
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސ. ފޭދޫ ހޯދައިފި އެވެ.
ޒޯން އަށެއްގެ ޗެމްޕިއަންކަން ފޭދޫން ހޯދީ އިއްޔެ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ފުވައްމުލަކު ޓީމާ ބައްދަލުކޮށް 4-3 ލަނޑުން މޮޅުވެގެންނެވެ.
ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލާއި ތަށި ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހްމާން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.
މި މުބާރާތުގައި މި ފަހަރު ޒޯން އަށެއްގައި އައްޑޫން ވާދަ ކުރީ ތިން ޓީމެވެ. އެއީ ފޭދޫ އާއި ސ. ހިތަދޫގެ އިތުރުން ސ. މަރަދޫ އެވެ. މުބާރާތުގައި ފުވައްމަލަކުން ބައިވެރިވީ އެންމެ ޓީމެކެވެ. އެއީ އެ ރަށު ދޫޑިގަން އަވަށު ޓީމެވެ.
ފޭދޫ ޓީމު ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދުމާ އެކު އެ ޓީމު ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރަށް ހޮވިފަ އެވެ. އެ ބުރުގައި ވާދަކުރާނީ ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމުތަކެވެ.
އިއްޔެ ފޭދު އާ ދެކޮޅަށް ކުޅުނު ފުވައްމުލަކު ޓީމާ ނާޒިމާ ސަލާން ކުރަނީ.
މިނިވަން ޗެމްޕިއަންޝިޕް މުބާރާތަށް ކޮލިފައިވާ ޓީމްތައް މުޅިން ކަށަވަރުވެގެން ދާނީ މިހާރު މުޅި ރާއްޖޭގައި ކުރިއަށްދާ ޒޯން މުބާރާތުގެ މެޗްތައް ކުޅެ ނިމުމުންނެވެ. މިދިޔަ އަހަރު ބޭއްވި މިނިޗަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަކީ ވެސް ފޭދު އެވެ. އެ ރަށަކީ، ގައުމީ ޗެމްޕިއަންކަން 1970ގެ އަހަރުތަކުގައި ހޯދި މަޝްހޫރު ޑީއެންސީ ނިސްބަތްވާ ރަށެވެ.
ޔުއެފާގައި ވާދަކުރާ ދިވެހި ޓީމު އައްޑު އަށް އަތުވެއްޖެ
ޒޯން ހަޔެއްގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
އޭ ލައިސެންސް ނުލިބެނީ އެފްއޭގެ މައްސަލައަކުން: ސޮބާ
ސްމޯލީގެ ޑިމާންޑް: އެފްއޭ އަތުން އެއް މިލިއަން ޑޮލަރު
އެފްއޭއެމްގެ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފު: ޝާހް
އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
ކްލަބްތަކުގެ ވެރިންގެ މައްސަލަ ވެސް ތަހުގީގު ކުރަނީ