Roadha Mihaaru
އައްޑޫގައި އަލަށް އަޅާ ހައުސިން ޔުނިޓްތަކަށް ހުޅުވާލައިފި

އައްޑޫގައި އަޅާ 1،500 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައިފި

08 އޯގަސްޓް 2019

މި ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ 1،500 ހައުސިން ޔުނިޓްގެ މަސައްކަތް ނުފަށަނީސް އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ 1،500 ހައުސިން ޔުނިޓްގެ މަސައްކަތް ނުފަށަނީސް އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އައްޑޫގެ މީހުން ދިރިއުޅޭ ހަ ރަށުގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުގައި އަޅާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ އައްޑޫގެ ހުރިހާ ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު ބޭނުމަކީ ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ފަޅުވެފައިވާ ގޯތިތަކުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އަދި ގޯތި ލިބިފައިވީ ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ އާއާލާތަކަށް ގެދޮރު އެޅުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް ކައުންސިލުން ބުންޏެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތަފްސީލް:

- ހިތަދޫގައި 712 ހައުސިން ޔުނިޓް

- މަރަދޫގައި 164 ހައުސިން ޔުނިޓް

- މަރަދޫފޭދޫގައި 81 ހައުސިން ޔުނިޓް

- ފޭދޫގައި 247 ހައުސިން ޔުނިޓް

- ހުޅުދޫގައި 165 ހައުސިން ޔުނިޓް

- މީދޫގައި 131 ޔުނިޓް

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަން އިއުލާންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ. މިނިސްޓަރު އޭރު ވިދާޅުވީ ފަސް އަހަރުގެ ތެރޭގެ މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ 20،000 ހައުސިން ޔުނިޓްގެ ތެރެއިން ދެކުނުގެ އަތޮޅުތަކުގައި އަޅާ 5،000 ހައުސިން ޔުނިޓް އެޅުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮއި ކުރުމަށް ފްރޭމް އެގްރިމަންޓުގައި ސޮއި ވެސް ކޮށްފައި ކަމަށެވެ.

އައްޑޫގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމައި ކުރިމަތިލާން ހުޅުވައިލި އިރު، އެންމެ ފުރަތަމަ އައްޑޫގައި ހައުސިން ޔުނިޓްތަކެއް އެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭރު ފޭދޫގެ ދެ ސަރަހަދެއްގައި ޖުމްލަ 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ.

Addu gai ithuru 1,500 housing unit alhanee

Addu gai ithuru 1,500 housing unit alhanee

The most trusted news source in the Maldives

Mihaaru

އައްޑޫގައި 1،500 ހައުސިން ޔުނިޓް އަޅާކަން އިއުލާން ކުރީ އެޕްރީލް މަހުގެ ތެރޭގައި.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިތަދޫގައި އެޅި 264 ފްލެޓާއި ހުޅުދޫގައި އެޅި 48 ފްލެޓް ދޫކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ކައުންސިލުން ދާދި ފަހުން ވަނީ އައްޑޫގެ ތިން އަވަށަކުން ގޯތި ދޫކުރަން ވެސް އިއުލާންކޮށްފަ އެވެ. އެއީ މަރަދޫ އާއި ހުޅުދު އާއި މީދޫންނެވެ.