Roadha Mihaaru
މިއީ ހީކުރާ ވަރަށް ވުރެ މުޑުދާރު ކަމެއް

މިއީ ހީކުރާ ވަރަށް ވުރެ މުޑުދާރު ކަމެއް

09 އޯގަސްޓް 2019

ގިނަ ބަޔަކު ބޭނުން ކުރާ ފާހާނާއެއް ނަމަ އެތަނެއްގެ ސާފުތާހިރު ކަމަށް މާ ބޮޑަށް ސަމާލުކަން ދޭންޖެހެ އެވެ. ފިރިހެނުން ބޭނުންކުރާ ފާހާނާއެއް ނަމަ މި ކަންބޮޑުވުން އިތުރަށް އޮންނަ ކަމަށް އަބަދުވެސް ކިޔަ އެވެ. އެއީ ހަގީގަތެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބަޔަކު ބޭނުން ކުރާ ފާހާނާއެއް ނަމަ އެތަނެއްގެ ސާފުތާހިރު ކަމަށް މާ ބޮޑަށް ސަމާލުކަން ދޭންޖެހެ އެވެ. ފިރިހެނުން ބޭނުންކުރާ ފާހާނާއެއް ނަމަ މި ކަންބޮޑުވުން އިތުރަށް އޮންނަ ކަމަށް އަބަދުވެސް ކިޔަ އެވެ. އެއީ ހަގީގަތެކެވެ.

ވަރަށް ގިނަ ފިރިހެނުންނަކީ ކޮޅަށް ހުރެގެން ފާހާނާތައްޓަށް ކުޑަކަމުދާ މީހުންނެވެ. އެކަމަކު އެއީ ރައްކާތެރި ގޮތެއް ނޫނެވެ. ކޮޅަށް ހުރެގެން ކުޑަކަމުދާ ނަމަ، ނަޖިސްތައް މުޅި ތަނަށް ބުރައިގެން ދާނެ އެވެ. އަހަރެމެންގެ ހަމަ ލޮލަށް ނުފެނުނަސް، މާ ދުރަށް ތިކިތައް ދާނެ އެވެ.

މިކަން މިހާރު ވަނީ އަލްޓްރާ ވައިލެޓް (ޔޫވީ) ލައިޓްގެ އެހީގައި ވަރަށް ރަނގަޅަށް ދައްކުވައި ދީފަ އެވެ. މިއީ މި މަންޒަރު ފެންނަ ވީޑިއޯއެކެވެ. މިއިން ފެންނަ ގޮތުގައި ކޮޅަށް ހުރެ ކުޑަކަމުދާ ނަމަ ބުރައިގެން ނުދާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ތައްޓާ 14 ވަރަކަށް އިންޗި ދުރުގައި ހުރި ފާރަށް ވެސް ނަޖިސް ބުރައިގެން ދެ އެވެ. އޭގެ މާނަ އަކީ ގަޔަށް ވެސް ނަޖިސް އައުމެވެ.

މިކަން މިގޮތަށް ކުރަންވެއްޖެ ނަމަ ފާހާނާތޭރެގައި ބަހައްޓާ ދަތްއުނގުޅާ ބުރުހާއި އެ ނޫން ވެސް ތަކެތީގެ ރައްކާތެރިކަމާ ދޭތެރޭ ދެން ވިސްނައިލާށެވެ. ހާއްސަކޮށް ތައްޓާ ކައީގައި އެފަދަ ތަކެތި ބެހެއްޓޭ ނަމަ މީގެ ނުރައްކާ ވަކިން ބޮޑެވެ.

އެހެންވެ ކުޑަކަމުދިޔަސް ހަމަޖެހިލައިގެން ތަށިމަތީގައި އިށީނދެގެން އިނދެ އެކަން ކުރެވޭތޯ އާދަ ކުރަން ޖެހެ އެވެ.