06 އޯގަސްޓް 2019
ތެހެރާން (އޮގަސްޓް 6) - އެމެރިކާއާ އެކު މަޝްވަރާ އަށް އިސްކަންދޭ ކަމަށާއި އެކަމަކު އެއްވެސް މަޝްވަރާއެއް ފެށުމުގެ ކުރިން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (އޮގަސްޓް 6) - އެމެރިކާއާ އެކު މަޝްވަރާ އަށް އިސްކަންދޭ ކަމަށާއި އެކަމަކު އެއްވެސް މަޝްވަރާއެއް ފެށުމުގެ ކުރިން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"އީރާނާ އަކީ އަބަދުވެސް މަޝްވަރާ އަށް އިސްކަން ދޭ ގައުމެއް. އެމެރިކާ އިން އީރާނާ މަޝްވަރާ ކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން،" ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު ޖަވާދު ޒަރީފްއާ ބައްދަލު ކުރެއްވުމަށް ފަހު ރޫހާނީ ވިދާޅުވީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް އެ ގައުމާ އެކު މަޝްވަރާ ކުރަން އީރާން އޮތީ ތައްޔާރަށް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރަން ލިބުނު ދައުވަތު ދޫކޮށްލާފައިވާކަން ޒަރީފް ހޯމަ ދުވަހު ވަނީ ޔަގީންކޮށްދެއްވައިފަ އެވެ. އެމެރިކާ އިން މިހާރު ވަނީ ޒަރީފްއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. ޒަރީފް ވިދާޅުވެފައި ވަނީ ޓްރަމްޕްއާ ބައްދަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ކުރިން ދީފައިވާ ކަމަށެވެ.
އީރާނާއި އެމެރިކާގެ ގުޅުން ގޯސްވީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ވަކިވުމަށް ފަހު އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުންނެވެ. މީގެ އިތުރުން ގަލްފުގައި ދަތުރުކުރާ ބައެއް ތެޔޮ ބޯޓުތައް އީރާނުން ހިފަހައްޓަން ފެށުމުން ވެސް ދެ ގައުމުގެ މަސްރަހު ވަނީ ގޯސްވެފަ އެވެ.
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ
އެމެރިކާއިން ކުރަންއުޅުނު ޕްރެޝަރު ފެއިލްވެއްޖެ: އީރާން
ރަނގަޅު ވަގުތުގައި ރޫހާނީއާ ބައްދަލުކުރެވިދާނެ:ޓްރަމްޕް
އެމެރިކާ އުޅެނީ ގަލްފުގެ ގައުމުތަކުގެ ޚަޒާނާ ހުސްކުރަން
އީރާނުގެ ޚާރިޖީ ވަޒީރު ދެކެ އެމެރިކާ ވަރަށް ބިރު ގަނޭ
ފިޔަވަޅުތައް އުވާލައިފިނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން
ޚާމަނާއީއާ ދެކޮޅަށް އެމެރިކާ އިން އެޅީ މޮޔަ ފިޔަވަޅެއް
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ
"އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އެއްބައިވާން ޖެހޭ"
މައްސަލަތަކުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލް: ރޫހާނީ