29 ޖުލައި 2019
ދަށު ކޯޓުތަކުގައި ހިނގާ މައްސަލައެއް ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލުމަށް ލަފާ ދިނުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނޯންނާނެ ކަމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ދަށު ކޯޓުތަކުގައި ހިނގާ މައްސަލައެއް ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލުމަށް ލަފާ ދިނުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނޯންނާނެ ކަމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ދަށު ކޯޓުގައި ބަލާ މައްސަލައެއް، އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ތިއްބަވާ ބެންޗަކުން ބަލާ ގޮތަށް ހަމަޖައްސަން އެ ކޮމިޝަނަށް ލަފާ ދެވިދާނެތޯ ބެލުމަށް، ކޮމިޝަންގެ މިއަދުގެ ޖަލްސާގައި މަޝްވަރާކުރި ކަމަށެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން މައްސަލައެއް ބަލާނެ ބެންޗެއް ކަނޑައެޅޭނީ އެ ކޯޓެއްގެ އިސް ގާޒީ އަށް ކަމަށާއި އެއީ ޖޭއެސްސީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި އެކަމުގައި އެ ކޮމިޝަނަށް އެއްވެސް ބަހެއް ނުކިޔޭނެ ކަމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އެ ކަމާ މެދު މަޝްވަރާ ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު ދާދި ފަހުން އިދިކޮޅު ކޯލިޝަނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރާ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ބަލަން ގޮވާލައިފަ އެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން، ދަށު ކޯޓުތަކުގައި އާންމު އުސޫލުން ކޮންމެ މައްސަލައެއް ވެސް ބަލާނީ އެންމެ ފަނޑިޔާރަކު އިންނަވައިގެންނެވެ. އެކަމަކު، މައްސަލައެއްގެ ބާވަތަށް ބަލައި، އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުން އެ މައްސަލައެއް ބަލަން ހަމަޖެއްސުމުގެ ބާރު އެ ކޯޓެއްގެ އިސް ގާޒީ އަކަށް އޮންނާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސްގާޒީން ނަގައިފި
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 10 ބޭފުޅެއް
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި
ކްރިމިނަލް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެތެރޭ އާރިފް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލް
"ގާޒީ އާދަމްއާ ކޯޓު ހިންގުން ހަވާލުކުރީ ރަނގަޅަށް"
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް
ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީއަކަށް ދީބާނާޒް
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރެއް