30 ޖުލައި 2019
އިންޓެލްގެ މޯޑެމް ޑިވިޒަން ގަތުމަށް އެޕަލް އިން އެއް ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އެޕަލް ބޭނުންވަނީ އައިފޯނުތަކުގައި ބޭނުންކުރާ 5ޖީ މޯޑެމްތައް އަމިއްލަ ނަމަށް ނިސްބަތްކުރާށެވެ. އެޕަލް އިން ގަބޫލުކުރާ ގޮތުގައި، އެ މީހުންގެ އުފެއްދުންތަކާ ގުޅުން ހުރި ހުރިހާ ކަމެއްގެ މުގޫ އޮންނަންޖެހޭނީ އެ މީހުންގެ އަތުގަ އެވެ.
އިންޓެލްގެ މޯޑެމް ޑިވިޒަން ގަތުމަށް އެޕަލް އިން އެއް ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އެޕަލް ބޭނުންވަނީ އައިފޯނުތަކުގައި ބޭނުންކުރާ 5ޖީ މޯޑެމްތައް އަމިއްލަ ނަމަށް ނިސްބަތްކުރާށެވެ. އެޕަލް އިން ގަބޫލުކުރާ ގޮތުގައި، އެ މީހުންގެ އުފެއްދުންތަކާ ގުޅުން ހުރި ހުރިހާ ކަމެއްގެ މުގޫ އޮންނަންޖެހޭނީ އެ މީހުންގެ އަތުގަ އެވެ.
އެޕަލް ބޭނުންވާ ފެންވަރަށް އަދި އައިފޯނުތަކަށް ޚާއްސަ، މޯޑެމްތައް އުފައްދަން އެޕަލް އަށް ކުރެވުނުހާ ކަމެއް ކުރަންވީ އެވެ. މޯޑެމް ޗިޕްތައް ފެކްޓަރީން ނެރެ އައިފޯނުތަކުގައި އިންދުމުގައި، އަވަސްކުރުމަށް އަދި ލަސްކުރުމަށް އެހެން ބަޔަކަށް ދެން ކުރެވޭނެ ކަމެއް ނެތެވެ. އިންޓެލްގެ މޯޑެމް ޑިވިޒަން ގަތުމާ ހިސާބުން މި އޮތީ ބޭނުންވެގެން އުޅުނު ބާރުތައް އެޕަލް އަށް ލިބިފަ އެވެ.
ދުނިޔެ އަށް 5ޖީ ނެޓްވޯކްތައް ތައާރުފުވެ، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން 5ޖީ ގާބިލު ފޯނުތައް މާކެޓަށް ނެރެމުން ދާއިރު، އެޕަލް އަށް މި ރޭހުގައި ބައިވެރިވެވޭނެ ދުވަހެއް ކުރިން އަންދާޒާކުރެވިފައި ނެތް ނަމަވެސް، ހީކުރި ވަރަށް ވުރެ އަވަހަށް ދެން 5ޖީ އައިފޯނުތައް މާކެޓަށް ނެރޭނެ އެވެ.
އައިފޯނުތައް 5ޖީ ބަދަލުކުރާއިރު ފުރަތަމަ ފިޔަަވަހީގައި ބޭނުންކުރާނެ ކަމަށް ބެލެވެނީ ކުއަލްކޮމް މޯޑެމްތަކެވެ. އެޕަލް ވަނީ ކުއަލްކޮމްއާ އެކު ހަ އަހަރު ދުވަހުގެ އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ. މި މުއްދަތުގައި އައިފޯނުތަކަށް ބޭނުންވާ 5ޖީ މޯޑެމްތައް އަދި ގުޅުން ހުރި ލައިސަންސް ފޯރުކޮށްދޭނީ ކުއަލްކޮމް އިން ނެވެ.
އައިފޯނުތަކުގައި އަމިއްލަ މޯޑެމްތައް ހިމެނުމަށްޓަކައި އެޕަލް އިން ބުރަ މަސައްކަތްތަކެއް ކުރާނެ އެވެ. މިކަން ކަށަވަރު ވަނީ އައިފޯނަށް އަދި އައިޕެޑަށް ނިސްބަތްކުރެވޭ ހާޑްވެއާ އަމިއްލަ އަށް އުފެއްދުމަށް އެޕަލް އިން ކުރާ ހޭދައިންނެވެ.
އަމިއްލަ ޗިޕެއް އުފައްދައި ގަސްދުކުރި މަސައްކަތްތައް ކުރެވޭ ފެންވަރަށް ގެނައުމަކީ ބުރަ މަސައްކަތެކެވެ. މިކަމަށް ހޭދަކުރަން ޖެހޭ ވަގުތަކީ އަމިއްލަ އަށް ކަނޑައެޅޭ މުއްދަތެއް ވެސް ނޫނެވެ. ޓެސްޓް މަރުހަލާގައި އެކަށީގެންވާ ނަތީޖާއެއް ނުލިބިއްޖެ ނަމަ، ޗިޕްތައް އަލުން ކުރަހަންޖެހުމަކީ ވެސް، މި ސިނާއަތުގައި ކުރާ ކަމެކެވެ.
އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ
އައިފޯން 12 އަގުބޮޑުވާނެ ކަމަށް ބިރުން
ސެމްސަންގުގެ ފައިދާ ދަށަށް؛ ބުނަނީ ވާވޭއާ ހެދި ކަމަށް
އެޕަލް އާ އެކު ޖޮނީ އައިވް ދެމިހުންނާނެ
އެޕަލް އެހެން ވިޔަފާރިތަކަށް ބަލަނީ
އެޕަލް އަށް ހުކުމަކުން ނުރެކެވޭނެ: ކުއަލްކޮމް
އައިފޯނަށް ސެމްސަންގުން ހެދީ ފެންވަރު ދަށް ޗިޕްތަކެއް؟
"ޖެއްސުންކުރާތީ" ކުއަލްކޮމް ގޮވައިގެން އެޕަލް ކޯޓަށް
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
އައިފޯނާއި އައިޕެޑްގައި ފޮރުވިފައިވާ ޓްރެކްޕެޑެއް