27 ޖުލައި 2019
މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކުން ރާއްޖޭގެ މިނިވަންކަން ހޯދަން އެކި ދުވަސްވަރު ވެފައިވާ ގުރުބާނީ އާއި ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއް ކަމުގެ ހަނދާންތައް މިރޭ އާކޮށް ދީފި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކުން ރާއްޖޭގެ މިނިވަންކަން ހޯދަން އެކި ދުވަސްވަރު ވެފައިވާ ގުރުބާނީ އާއި ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއް ކަމުގެ ހަނދާންތައް މިރޭ އާކޮށް ދީފި އެވެ.
ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. ކެބިނެޓުގެ ވަޒީރުންނާއި ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކުޅިވަރުތައް ފެށުމުގެ ގޮތުން އޮތީ ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުމެވެ. އޭގެ ފަހުން ސްކޫލްތަކާއި ސިފައިންގެ ޝަރަފުގެ ހިނގާލުން އޮތެވެ.
ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދޭ އައިޓަމެއް ދަރިވަރުން ހުށަހަޅައި ދެނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ލޭޒާ ޝޯއަކާ އެކު މި އަހަރުގެ ކުޅިވަރުތައް ބޭއްވީ މި ގައުމަށްޓަކައި ކާބަފައިންގެ ގުރުބާނީ އާއި ދިވެހިންގެ ތާރީޚާއި ސަގާފަތާއި އެއްބައިވަންތަކަން ދައްކުވައިދޭ ތީމުތަކަކަށެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ގޮތާއި ނޮވެމްބަރު، 3، 1988، ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އިން ގައުމު ދިފާއުކޮށްދިނުމުގައި ޝަހީދުވީ ބަތަލުންގެ ހަނދާން އާ ކޮށްފައިވެ އެވެ.
ސްކޫލަކުން ހުށަހަޅައިދިން އައިޓަމެއްގައި ދަރިވަރުން ދިވެހި ދިދަ ހިފައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މީގެއިތުރުން ދިވެހިންގެ ތާރީޚާ ގުޅިފައިވާ އެއްބައިވަންތަކުގެ ރީތި ސިފަތައް ވެސް ދަރިވަރުން ހުށަހަޅައިދިނެވެ.
ސްކޫލްތަކުން ހުށަހަޅައިދިން ކުޅިވަރާއި ނެށުމުގެ އިތުރުން އެމްއެންޑީއެފްގެ ހާއްސަ ޑްރިލްއެއް ވެސް، އެހެން އަހަރުތަކެކޭ އެއްގޮތަށް މިރޭ ވެސް ބޭއްވި އެވެ. އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން ސިފައިންގެ ލަޝްކަރުގެ ހަރަކާތެއް ދައްކާލަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހަވީރު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ފުޅަނދުބުރު އޮންނާނެ އެވެ.
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބާއްވައިފި
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި
28 އާއި 29 ވެސް ބަންދު؛ 16 ދުވަހުގެ ޗުއްޓީއެއް
އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި
ސިޔާސީ ބޭފުޅުންގެ މަޝްވަރާ އަށް ތައްޔާރު: ރައީސް
މިނިވަން ދުވަސް:ރާއްޖޭ ހުރިހާ ރަށެއްގައި ދިދަ ނަގައިފި
އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް
ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ފާޑުކިޔައިފި
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ރައީސްގެ ވާހަކަފުޅު: މިއީ ސަރުކާރަށް ކާމިޔާބު އަހަރެއް