Roadha Mihaaru

ފުލުހުންގެ ތަމްރީންގައި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ދ. ވާނީގައި ފުލުހުންގެ ތަމްރީން ހަދަމުން ދިޔަ، އުމުރުން 19 އަހަރުގެ ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ ތަމްރީންގައި އުޅުނު ޒުވާނަކު މަރުވެއްޖެ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

25 ޖުލައި 2019

ދ. ވާނީގައި ފުލުހުންގެ ތަމްރީން ހަދަމުން ދިޔަ، އުމުރުން 19 އަހަރުގެ ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، މަރުވީ ޅ. ނައިފަރު އާރާސްތުގޭ އަބްދުލް ބާސިތު އެވެ.

ފުލުހުން ބުނީ ފުލުހުންގެ ރެކްރޫޓް ޓްރެއިނިންގެ ސްވިމިން ސެޝަނެއްގައި ހިނގި ހާދިސާއެއްގައި 19 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެކަން ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްގެ ހާއްސަ ޓީމަކުން މިހާރު ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.