14 ސެޕްޓެމްބަރ 2016
މެޑްރިޑް (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލައްވާ 90 މިނެޓު ކުޅުވަން ބޭނުންވާ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލައްވާ 90 މިނެޓު ކުޅުވަން ބޭނުންވާ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަކުލަށް ލިބުނު އަނިޔާ އިން ސަލާމަތްވެ ރޮނާލްޑޯ ވަނީ ސްޕެނިޝް ލީގުގައި، ހޮނިހިރު ދުވަހުގެރޭ އޮސަސޫނާ އަތުން ރެއާލް މޮޅުވި މެޗުގައި ކުޅެ ލަނޑު ޖަހައިފަ އެވެ.
"އޭނާ ހުރީ ކުޅެން ތައްޔާރަށް. އަހަރެން ބޭނުން ވީހާ ވެސް ގިނައިރު އޭނާ ލައްވާ ކުޅުވަން. އަހަރެންގެ ވިސްނުމަކީ ރޮނާލްޑޯ މި މެޗުގެ 90 މިނެޓު ކުޅުން. އަނެއްކާ މިއީ ރޮނާލްޑޯ އަށް ހާއްސަ މެޗެއް އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅޭއިރު،" ޒިދާން ބުންޏެވެ.
ރޮނާލްޑޯ 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ގެންދިޔައީ ސްޕޯޓިންގައި އޭނާ ދައްކަމުން ދިޔަ މޮޅު ކުޅުމުގެ ސަބަބުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޒިދާން ބުނީ މުބާރާތުގެ ތަށި ދިފާއުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. ޒިދާން ބުނީ އެ މުބާރާތް ކާމިޔާބުކުރުމަކީ ރެއާލުގެ އަމާޒެއް ކަމަށާއި މުބާރާތް އެއް ފަހަރު ހޯދުމަށް ވުރެ ދިފާއުކުރުން މާ އުނދަގޫ ވާނެ ކަމަށެވެ.
ރަފައެލް ބެނިޓޭޒް ވަކިކުރުމަށް ފަހު މިދިޔަ ސީޒަނުގެ ފަހު ބައިގައި ރެއާލާ ހަވާލުވެ އެ ޓީމަށް ތަށި ހޯދައިދިން ކޯޗު ބުނީ، ދުވަހަކަށް ވުރެ ދުވަހެއް އޭނާ އަށް ވެސް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ.
"ފުރަތަމަ މީހުން އަހަރެންގެ ފެންވަރާ މެދު ސުވާލު އުފެއްދި. އެކަމަކު ދުވަހަކަށް ވުރެ ދުވަހެއް އަހަރެން މި އަންނަނީ ކަންކަން ދަސްކޮށް ކުރިއެރުން ހޯދަމުން. ކިހިނެއް އެނގޭނީ ހަ މަސް ފަހުން މިކަން ނުނިމޭނެ ކަމެއް (ވަޒީފާ ގެއްލިދާނެ ކަމެއް). އެހެންވީމާ އަހަރެން މި އަންނަނީ މިކަމުން އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދަމުން،" ޒިދާން ބުންޏެވެ.
ފާޑުކިޔަސް ރޮނާލްޑޯ ފަހަތަށް ނުޖެހޭނެ: ޒިދާން
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން
ރޮނާލްޑޯ ރެއާލަށް އައުމުގެ ފުރުސަތު އެބައޮތް: ޒިދާން
ރެއާލާ ވާދަކޮށް ސިޓީގެ މޮޅުކަން ދައްކަންޖެހޭ: ގާޑިއޯލާ
"ޒިދާނަކީ މޮޅު ކުޅުންތެރިއެއް އަދި މޮޅު ކޯޗެއް"
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ލިވަޕޫލަށް ޒިދާންގެ އިންޒާރެއް
ޕީއެސްޖީ އަތުން ބަދަލުހިފުމުގެ ރޫހެއް ނެތް: ޒިދާން
ހަޒާޑަށް ވަގުތު ބޭނުންވޭ، ތަފާތު ދައްކާނެ: ޒިދާން
ރޮނާލްޑޯ އާއި ސަލާގެ ތެރެއިން ކުރި ހޯދާނީ ކާކު؟