13 ސެޕްޓެމްބަރ 2016
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ދޫކޮށްލުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ދޫކޮށްލުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަގެ އިތުރުން ބަންދުކޮށްފައި ތިބި މުހައްމަދު ވަހީދު (ވައްޑޭ) އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ހައްޔަރުކުރީ މި މަހުގެ 9 ވަަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއަކުންނެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން 13 ދުވަސް ދިނުމުން މިހާރު ތިބީ ދޫނިދޫގަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ އަލްޖަޒީރާ އިން ދެއްކި ޑޮކިއުމަންޓްރީގައި މަނީ ލޯންޑްރިން އާއި ސަރުކާރު އަޑީގައި އޮވެގެން ހިންގާ ކަމަށް ބުނާ ޓެރަރިޒަމްގެ އަމަލުތައް ފަދަ ބޮޑެތި ޖަރީމާތައް ސާފު ހެއްކާ އެކު ދުނިޔެ އަށް ފަޅާ އަރުވާލުމުން އެކަމުގެ ރުޅިވެރިކަން ރައްޔިތުންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދު ކުރުމުގެ ގޮތުން ކަމަށެވެ.
އެ ޕާޓީން ބުނީ ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ އެ ތިން މީހުން ހައްޔަރުކުރީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތި ކަމަށެވެ. އެއީ، އެމްޑީޕީން ބުނި ގޮތުގައި، "ގޮތް ހުސްވެ ބަލިކަށިވަމުންދާ ސަރުކާރެއްގެ ފިނޑި އަމަލެ"ކެވެ.
"ސަރުކާރުގެ ތާއީދު ގެއްލި، ދިވެހި ރައްޔިތުންނާއި މުޅި ދުނިޔޭގެ ކުރިމަތީގައި އަގު ވެއްޓި، ފަލީހަތްވަމުންދާ މިންވަރު އިތުރުވަމުންދާ ވަރަކަށް ސިޔާސީ ފަރާތްތަކާއި ރައްޔިތުން ހައްޔަރު ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ކަންބޮޑުވުމާ އެކު ފާހަގަ ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އީސަ، އަސްއަދު އަދި ވަހީދު މި މަހުގެ 10 ވަނަ ދުވަހު ދޫނިދު އަށް ގެންދަން ދޯންޏަށް އަރުވަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ބުނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ދެމި ހުންނަވާ ނަމަ ރައްޔިތުންނަށާއި ދައުލަތަށް އަދި ދައުލަތުގެ ހަޒާނާ އަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.
"މި ދައުލަތް ސަލާމަތް ކުރެވެން އޮތީ އެ މަނިކުފާނުގެ މައްޗަށް ކުރެވޭ މިފަދަ ބޮޑެތި ތުހުމަތުތަކުގައި އެމަނިކުފާނު ހައްޔަރުކޮށްގެން ކަމަށް ވާތީ އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އީސާ ވަކިކުރަނީ
އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށްފި
ކުށްކުރުން އިތުރުވުން ކުރީގެ ސަރުކާރާ ގުޅުވާތީ ނުރުހުން
ފުލުހުން ބަލަނީ ފައްޔާޒަށް ޖަމާވި ފައިސާގެ މައްސަލައެއް
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ
ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަނީ
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ބަލަނީ
ޝަމީމަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށްފި
"ޝަހީމަށް އަނިޔާވީ އީސަ އަމިއްލަ ދިފާއުވާން އުޅުމުން"
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް