ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
20 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު، މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުން ދާތީ އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ އީސަ ވަކިކުރަން މަސައްކަތްކުރަނީ އެ ކޮމިޓީގެ މެންބަރުން ކަމަށެވެ.
ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މި ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލާފައި ވެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.
އޭނާގެ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ "މިހާރު" އަށް އިއްޔެ ވިދާޅުވީ އޭނާގެ އެފަދަ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތުމުން ކޮމެންޓް ކުރައްވަން ބޭނުން ނުވާ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.
ނަމަވެސް އޭނާގެ އަވަށްޓެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އިސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފަ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށާއި އަނބިކަނބަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތް ކަމަށް ވެސް ބުންޏެވެ.
އީސަ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް އާ އެވެ. އޭނާ ވަނީ އިއްޔެ އެ މައްސަލައިގައި ފުލުހުންނަށް ބަޔާން ދެއްވައިފަ އެވެ.
އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު!
އީސަގެ ތަހުގީގު ނިމި، ދައުވާކުރަން ފޮނުވަނީ
އަސްރާ ބޭނުން ނުވިޔަސް ގެވެށިއަނިޔާގެ މައްސަލަ ބަލާނެ
އީސަގެ ދިފާއުގައި އޭނާގެ ދޮށީ ދަރިފުޅު ނުކުމެއްޖެ
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
އީސަ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުމުގެ ތުހުމަތު
އީސަ ހައްޔަރު ކުރަން އަމުރެއް ނުދިން
އީސަ ހައްޔަރުކުރުމުގެ އަމުރު ހޯދަން ކޯޓަށް ހުށަހަޅައިފި
އެންމެން ގޮވަނީ މެމްބަރު އީސަގެ އިސްތިއުފާ އަށް
އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕީޖީގައި އެދެފި