Roadha Mihaaru
އީސަ ހައްޔަރުކުރުމުގެ އަމުރު ހޯދަން ކޯޓަށް ހުށަހަޅައިފި

މެމްބަރު އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން ކޯޓުގައި އެދިއްޖެ

20 މެއި 2021

ގެވެށި އަނިޔާގެ ތުހުމަތު އެޅުވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެވެށި އަނިޔާގެ ތުހުމަތު އެޅުވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގަ އެވެ. އެހެންވެ، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ އަމުރު ހޯދުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ. އެ އަމުރު ހޯދުމަށް އެދެން ޖެހޭނީ ޕީޖީ އޮފީހުންނެވެ.

އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި ފަހުން ކަމަށް ވެ އެވެ. އެ މައްސަލައިގައި އަސްރާގެ ބަޔާން ވެސް އިއްޔެ ނަގާފައި ވެ އެވެ.

ދެމަފިރިންގެ އަވަށްޓެރިއަކު ކިޔައިދިން ގޮތުގައި އެ ދެ ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފަ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށާއި އަނބިކަނބަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތް ކަމަށް ވެސް އޭނާ ބުންޏެވެ. ގާނޫނުތައް ހަދައި ރައްޔިތުންނަށް ހައްގު ހޯދައިދޭންޖެހޭ ފަދަ މަގާމެއްގައި ހުންނެވި އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ހިމެނެ އެވެ.