22 ޖުލައި 2019
މި ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ތަރައްގީކުރުން ހިމެނޭ ކަމަށާއި ދެން ކުރަން އޮތް ކަމަކީ މަޝްރޫއުތައް އެކުލަވާލައި ފައިސާ ހޯދަން ފޮނުވުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ތަރައްގީކުރުން ހިމެނޭ ކަމަށާއި ދެން ކުރަން އޮތް ކަމަކީ މަޝްރޫއުތައް އެކުލަވާލައި ފައިސާ ހޯދަން ފޮނުވުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންތިޚާބުތަކުގެ ވޯޓުގައި އެއް އަތޮޅަކުން އެންމެ ބޮޑު ހިއްސާއެއް އޮންނަ އައްޑޫ ތަރައްގީކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު ވައުދެވެ. އެކަމަކު އެ ވައުދުތައް މިހާތަނަށް ނުފުއްދި އައްޑޫ ރައްޔިތުން ވަނީ މާޔޫސްވެފަ އެވެ.
މި ސަރުކާރުން އައްޑު އަށް ވީ ވައުދުތައް ފުއްދުން ލަސްވާ މައްސަލައިގައި ވެސް އައްޑޫ ރައްޔިތުންގެ ޝަކުވާތަކެއް އެބަ ހުއްޓެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމް ނޫސްވެރިންނާ ބައްދަލު ކުރައްވައި އިއްޔެ ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް އިސްކަންދޭ ކަަމަށެވެ. ރާއްޖެ އަށް އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 180 މިލިއަން ޑޮލަރު ވަނީ އައްޑޫގެ ތަރައްގީ އަށް ހަމަޖައްސައިފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެ ފައިސާ ލިބޭނެ ކަމާ މެދު ވެސް އުފައްދާނެ ސުވާލެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ފައިސާ މި ދެންނެވި 800 މިލިއަން ޑޮލަރުގެ ތެރެއިން ހަމަޖެހިފައި އެ ހުރީ. ނަމަވެސް އެ ފައިސާ އަޅުގަނޑުމެންނަށް ޑިސްޕާސް ކުރެވެން ފަށާނީ ތަރައްގީގެ އެ ވިޝަނަށް އަޅުގަނޑުމެން މަޝްރޫއުތަކެއް އެކުލަވާލައި އެ މަޝްރޫއުތައް އަޅުގަނޑުމެން އިންޑިއާއާ އެކު ހިއްސާކޮށް އެ ހިންގާ ޕްރޮސެސްއެއް ހިންގުނީމަ،" އަސްލަމް ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީގައި ދެން ކުރަން އޮތް ކަަމަކީ މަޝްރޫއުތައް އެކުލަވާލުން ކަމަށް މިނިސްޓަރު ވިދާޅުވި އިރު އައްޑު އަށް ބޭނުންވާ ކަންކަން ހިމަނައި ކައުންސިލުން އޮތީ މި ސަރުކާރަށް ކަރުދާހެއް ހުށަހަޅައިފަ އެވެ. އޭގައި އައްޑޫ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ހިމަނާފައިވެ އެވެ.
މާލެ ފިޔަވައި އައްޑު އަކީ އެންމެ ބޮޑު ސިޓީ ކަމަށް ވިޔަސް އެތަނުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައެއް ނެތެވެ. ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ފެށިތާ 10 ވަރަކަށް އަހަރު ވީއިރު ވެސް ބޭނުންކުރެވޭ ވަރެއް ނުވެ އެވެ. ކަރަންޓާއި ސާފު ބޯފެނުމުގެ މައްސަލަ ވެސް ބޮޑެވެ. ތާރު އަޅައިގެން ހަދާފައި އޮތް ލިންކް ރޯޑުގެ ހާލަތު އެހާ ގޯސް އިރު، މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ވެސް ކުރީގެ ސަރުކާރުތަކަށް ހޯދުނު ހައްލެއް ނެތެވެ.
އަސްލަމް އައްޑުއަށް ވަޑައިގެން ހައްލުތަކާ ދިމާއަށް!
މިނިސްޓަރު އަސްލަމް ދުވަސްކޮޅަކަށް އައްޑުއަށް ބަދަލުވަނީ
އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުން: ހިޔާލު ދެކަފި!
ސަރުކާރުގެ ވިސްނުމަކީ އެކީ އެކައްޗަކަށް ބިން ހިއްކުން
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
މަސައްކަތް ގިނަކަމުން ސަރުކާރު އޮތީ އޯވަލޯޑްވެފައި!
އައްޑޫ މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރެވިއްޖެ: އަސްލަމް
"އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ކޯޓަށް ގެންދެވޭނެ"
ޖަޒީރާ ރަށްތަކަކީ ތަރައްގީއަށް ހުރަހެއް ނޫން: އަސްލަމް