Roadha Mihaaru
އައްޑޫ މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރެވިއްޖެ: އަސްލަމް

އައްޑޫގެ މަޝްރޫއުތަކުގެ ސްޕީޑް އަވަސް ކުރެއްވިއްޖެ: އަސްލަމް

21 ފެބުރުއަރީ 2023

އައްޑުއަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކުން މަޝްރޫއުތައް އަވަސް ކުރެވިއްޖެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑުއަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކުން މަޝްރޫއުތައް އަވަސް ކުރެވިއްޖެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އެހެނިހެން މަޝްރޫއުތަކުގެ މައްސަލަތައް ގިނަވެ އެކަންކަން ހައްލު ކުރުމަށް އަސްލަމް މި މަހު 11 ގައި އައްޑޫ އަށް ވަޑައިގެންނެވި އެވެ.

އެ ދަތުރާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑުއަށް ވަޑައިގެން ކުރެއްވި ކުރެއްވި މަސައްކަތްތަކުން ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ.

"މަސައްކަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވަމުންދާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އަސްލަމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އަސްލަމް ވިދާޅުވީ އައްޑޫގައި ހުރި މަސައްކަތްތައް ހަމަ ލޮލުން ފެނި އެކަންކަން ފާހަގަ ވެފައިވާ ކަމަށާއި ހައްލު ހޯދަން ހުރި ކަންކަން ހައްލު ކުރަން މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

މަސައްކަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވަމުންދާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން -- އަސްލަމް

އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ މަގު ހެދުމުގެ މަޝްރޫއެވެ.

މަގުތައް ކޮނުމަށް ފަހު މަސައްކަތް ނުނިންމާ ގިނަ ދުވަހު ބޭއްވުމުގެ ސަބަބުން ވަޅުގަނޑުތަކަށް މީހުންނާއި ވެހިކަލްތައް ވެއްޓި ހާނިއްކަވުމުގެ ހާދިސާތައް އިތުރުވުމުންދާ ކަމާށާއި އެ މަގުތަކުގެ ކާނުގަނޑު ހަދަން ބޭނުންކޮށްފައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލާގައި ވެސް އައްޑޫ ރައްޔިތުން ޝަކުވާ ކުރެ އެވެ.

ތާރު އަޅައިގެންނާއި ގާ އަތުރައިގެން އައްޑޫގައި 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އެފްކޮންސްއާ ފެބްރުއަރީ 2021 ގައި ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ 18ގަ އެވެ.