21 ޖުލައި 2019
މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓް ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓް ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެ ހަތް މަސްބޯޓަކީ އިއްޔެ އިހަވަންދިއްޕޮޅާ ދިމާލު ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހުނު ބޯޓްތަކެކެވެ. އެމްއެންޑީއެފުން އިއްޔެ އެ ބޯޓްތަކަށް ހުއްދަ ދިނީ ކޮޅިގަނޑުގެ އަސަރު ނުކުރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށެވެ.
ނަމަވެސް މިއަދު ސިފައިންގެ ބެލުމުގެ ދަށުން އެ ބޯޓްތައް ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ.
ކުޅުދުއްފުށީ ބަނދަރަށް ލަންކާ ބޯޓްތައް ގެންދަނީ: މޫސުން ރަނގަޅުވުމުން ބޯޓްތައް ފުރާނެ ކަމަށް ސިފައިން ބުނޭ-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ތަރުޖަމާން، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓްތައް ކުޅުދުއްފުއްޓަށް ގެންދިޔައީ ކަނޑު ގަދަވުމުން ފުރޭވަރު ނުވާތީ ކަމަށެވެ. އަދި މޫސުން ރަނގަޅުވިހާ އަވަހަކަށް އެ ބޯޓްތައް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޯޓަކަށް ގެއްލުމެއް ލިބިފައެއް ނެތް. ކަނޑުގަދަކަމުން ފުރޭވަރު ނުވީމަ ބޯޓްތައް ކުޅުދުއްފުއްޓަށް ގެނައީ،" އާޒިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބަނދަރަށް ލަންކާ ބޯޓްތައް ގެންދަނީ: އެ ބޯޓްތައް ބަލަހައްޓަނީ ކަސްޓަމްސްއިން-- ފޮޓޯ: އެމްއެންޑީއެފް
ކުޅުދުއްފުށީ ބަނދަރުގައި އޮތް ބޯޓްތައް ބަލަހައްޓަނީ ކަސްޓަމްސްއިންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ލަންކާގެ މަސްބޯޓްތަކުން ގަވައިދާ ހިލާފަށް ވަދެ މަސް ވެރިކަން ކުރުމަކީ އާންމު ކަމެކެވެ. ވަރަށް ފަހުން ވެސް ވަނީ އެފަދަ ބޯޓްތަކެއް އަތުލައިގެންފަ އެވެ.
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތަކަކަށް އެހީވަނީ
ލަންކާ މަސްބޯޓުތައް ރާއްޖެއަށް ވަނީ ހުއްދަ ނެތި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
ފަހުން އަތުލައިގަތް ހަތް މަސް ބޯޓެއް ދޫކޮށްލައިފި
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި
ރާއްޖޭގައި ތިބި ލަންކާގެ މަސްވެރިން ދޫކޮށްލަނީ