19 ޖުލައި 2019
ކުންޏަކީ ރަނގަޅު ގޮތުގައި މެނޭޖް ކުރެވިއްޖެ ނަމަ ފައިސާ އަށް ވެސް ހެދިދާނެ އެއްޗެކެވެ. ފިންލެންޑްގައި ދިރިއުޅޭ ވިއެޓްނާމްގެ ޒުވާން ދެ ވިޔަފާރި ޕާޓްނަރަކު މިހާރު އަންނަނީ ކޮފީ އުފެއްދުމުގެ ތެރޭގައި ބާކީވާ ކުންޏާއި ޕްލާސްޓިކް ފުޅި ރިސައިލްކޮށްގެން ހިތްގައިމު ސްނީކާޒްތަކެއް ތައްޔާރު ކުރަމުންނެވެ.
ކުންޏަކީ ރަނގަޅު ގޮތުގައި މެނޭޖް ކުރެވިއްޖެ ނަމަ ފައިސާ އަށް ވެސް ހެދިދާނެ އެއްޗެކެވެ. ފިންލެންޑްގައި ދިރިއުޅޭ ވިއެޓްނާމްގެ ޒުވާން ދެ ވިޔަފާރި ޕާޓްނަރަކު މިހާރު އަންނަނީ ކޮފީ އުފެއްދުމުގެ ތެރޭގައި ބާކީވާ ކުންޏާއި ޕްލާސްޓިކް ފުޅި ރިސައިލްކޮށްގެން ހިތްގައިމު ސްނީކާޒްތަކެއް ތައްޔާރު ކުރަމުންނެވެ.
ސަން ޗޫ އާއި ޖެސީ ޓްރޭންގެ ވިޔަފާރި ބްރޭންޑް "ރެންސް" އިން ތައްޔާރު ކުރާ ސްނީކާޒްގެ ޖޯޑެއް ތައްޔާރު ކުރަން ގާތްގަނޑަކަށް ކޮފީ ވޭސްޓްގެ 300 ގްރާމާއި ހައެއްކަ ޕްލާސްޓިކް ފުޅި ބޭނުން ކުރެވެ އެވެ. މި ސްނީކާޒްތަކުގެ ބަރުދަނުގައި އެވްރެޖްކޮށް ހުންނަނީ 460 ގްރާމެވެ.
މި ސްްނީކާޒްތަކުގެ އެންމެ ހާއްސަ ކަމަކީ ހަމައެކަނި ތިމާވެއްޓާ ރައްޓެހި އުފެއްދުމަކަށް ވުމެއް ނޫނެވެ. މިއީ އަރާލަން ފަސޭހަ، ފަޔަށް އެހާމެ އަރާމުވާ ގޮތަށް އަދި ފެން ޖެހުނަސް އެތެރެ އަށް އަސަރު ނުކުރާ ގޮތަށް ތައްޔާރު ކުރާ އެއްޗެކެވެ. މީގެ އިތުރުން ކޮފީ މީގައި ހިއްސާއަކަށްވާތީ މިއީ ބޫޓަށް އަރާ މީހުންގެ ތެރެއިން ފައިން ދާހިއްލައި ބޫޓު ކުނި ވަހުގެ އުނދަގުލާ ކުރުމަތިލާން ޖެހޭ މީހުންގެ މޫނުމައްޗަށް ވެސް ހިނިތުވުން ގެނެސްދޭ އުދެއްދުމެކެވެ.
އެގޮތުން "ރެންސް" ގެ ސްނީކާއަކަށް އަރައިގެން ހުންނަ އިރު، ކޮފީގެ ލުއި ވަހެއް ހުންނާނެ އެވެ. އެހެންވެ މިއީ ކިތަންމެ ގިނައިރަކު އަރައިގެން ހުއްޓަސް ފައިތިލައިގެ ވަސް ނުބައި ކުރާނެ އެއްޗެއް ނޫނެވެ. މީގެ އެކި ސައިޒްތައް އެކި ކުލަތަކުން ލިބޭނެ އެވެ.
Ground breaking.
— World Economic Forum (@wef) July 16, 2019
? Read more: https://t.co/eWHJ5V92rD pic.twitter.com/f2SwzLSuEJ
މި އުފެއްދުމާ ބެހޭ ގޮތުން ސަން އާއި ޖެސީ ބުނީ މިކަމަކީ ކުނީގެ މައްސަލައާ ދެކޮޅަށް ކުރާނެ ކަމަކާ ދޭތެރޭ ވިސްނަނިކޮށް އައި ހިޔާލެއްގެ ތެރެއިން ވުޖޫދެއް އައި އުފެއްދުމެއް ކަމަށެވެ. އެހެންވެ އެ މީހުންގެ "ރެންސް" ސްނީކާޒަކީ ވެށީގެ ހިމާޔަތުގައި ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.
Raising over $220K with more than 2,000 customers in 57 different countries, #RENS, former #ClimateLaunchpad participant and start-up creating the world's first waterproof sneakers made from #coffee, recently featured in the @q_worldeconomic ?♻️: https://t.co/yRsMT7ElVf pic.twitter.com/9oBYsxSHl6
— ClimateLaunchpad (@ClimateLaunch) July 17, 2019
މި ވަގުތު މި ސްނީކާޒް އުފެއްދުމުގެ މައިގަނޑު މަސައްކަތްތައް ކުރިއަށް ދަނީ ޗައިނާގަ އެވެ. ނަމަވެސް ސަން އާއި ޖެސީގެ އަމާޒަކި އެ މީހުން ނިސްބަތްވާ ގައުމު ވިއެޓްނާމަށް ޕްރޮޑަކްޝަން ބަދަލުކޮށް، އެ ގައުމުގެ އިގުތިސާދަށް މި މަސައްކަތުން ހިއްސާވުމެވެ.
"ކިޔަވަން ފިންލެންޑަށް ބަދަލުވި ގޮތަށް މިތާނގައި މި ވަގުތު އުޅެން ޖެހުނަސް ޓާގެޓަކީ ރެންސްގެ މަސައްކަތްތައް ވިއެޓްނާމަށް ބަދަކު ކުރުން،" ދެ މީހުން ވޯލްޑް އިކޮނިމިކް ފޯރަމް ސައިޓަށް ދިން އިންޓަވިއުއްގައި ބުންޏެވެ.
އެ މީހުން ބުނި ގޮތުގައި "ރެންސް" ސްނީކާޒްގެ ޑިމާންޑް ބޮޑުވަމުން އަންނަ އިރު، މިހާރު ވެސް 57 ގައުމަކުން ކަސްޓަމަރުން އުފެއްދުންތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
މަޝްހޫރު ކްރައުޑްފަންޑިން ސައިޓް ކިކްސްޓާޓާގައި މިހާރު "ރެންސް" ސްނީކާޒް ޕްރޮމޯޓް ކުރަމުން އަންނަ ސަން އާއި ޖެސީ މިހާރު އަމާޒު ހިފާފައި ވަނީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރު ކުރަން ޕްރޮޑަކްޝަން އިތުރު ކުރުމެވެ. ކިކްސްޓާޓާ އިން އިތުރު ކުރެވޭ އެހީން މި މަސައްކަތް ކާމިޔާވާނެ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
މިއަހަރު އޭޝިޔާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭ
ސްޓާބަކްސް ޗައިނާގައި ހޫނުފެނަށް
ލެގޯގެ ބިލިއަން އިންވެސްޓްމަންޓެއް ވިއެޓްނާމަށް
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
ޝޯމީގެ އަމާޒަކީ ފޯނަކަށް ފުދޭ ސްމާޓް އައިނެއް
ޓީސީއެލްގެ ފަތްޖެހޭ ފޯނުގެ މަސައްކަތް މެދުކަނޑާލައިފި
ވިއެޓްނާމްގެ ލޮކްޑައުންގެ ސަބަބުން ކޮފީ ލިބުން ދަތިވަނީ
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ