Roadha Mihaaru
ޚިދުމަތް ދޭނެ ބަޔަކު ނެތަސް، 5ޖީ ފޯނުތައް ވިކޭ

5ޖީ ޚިދުމަތް ދޭނެ ބަޔަކު ނެތަސް، 5ޖީ ފޯނުތައް ވިކޭ

18 ޖުލައި 2019

އާންމު ހީވުމާ ޚިލާފަށް، 5ޖީ ފޯނުތައް ވިކޭ އަދަދު އިތުރުވަމުން އަންނަ ކަމަށް "ކައުޓާޕޮއިންޓް"ން ބުނެފި އެވެ. ސްމާޓްފޯން މާކެޓް ދިރާސާކުރާ ފާމެއް ކަމަށްވާ "ކައުންޓާޕޮއިންޓް" ބުނި ގޮތުގައި، މި އަހަރުގެ ނިޔަލަށް 22 މިލިއަން 5ޖީ ފޯނު ގައުމުތަކުގައި ވިކޭނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އާންމު ހީވުމާ ޚިލާފަށް، 5ޖީ ފޯނުތައް ވިކޭ އަދަދު އިތުރުވަމުން އަންނަ ކަމަށް "ކައުޓާޕޮއިންޓް"ން ބުނެފި އެވެ. ސްމާޓްފޯން މާކެޓް ދިރާސާކުރާ ފާމެއް ކަމަށްވާ "ކައުންޓާޕޮއިންޓް" ބުނި ގޮތުގައި، މި އަހަރުގެ ނިޔަލަށް 22 މިލިއަން 5ޖީ ފޯނު ގައުމުތަކުގައި ވިކޭނެ އެވެ.

މުޅި ގައުމަށް 5ޖީ ނެޓްވޯކް އަދި އެއްވެސް ބަޔަކަށް ނުދެވެ އެވެ. ނަމަވެސް، ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ވަނީ މި ޚިދުމަތް ދޭން ފަށައިފަ އެވެ.

ދުނިޔެ އަށް 5ޖީ ނެޓްވޯކް ތައާރުފުކުރަން އޮޕަރޭޓަރުން އަދި ސްމާޓްފޯން އުފައްދާ ކުންފުނިތަކުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ގައުމުތަކުގައި 5ޖީ ނެޓްވޯކް ގާއިމުވަމުން ދިޔަ ނަމަވެސް، ހިތުހުރި ބްރޭންޑަކުން 5ޖީ ފޯނުތަކެއް މާކެޓަކު އަދި ނެތެވެ. މިހާރުން މިހާރަށް ލިބެން ހުރި 5ޖީ ފޯނުތަކަށް ބަލާއިރު، ސެމްސަންގް ގެލަކްސީ އެސް10 5ޖީ، މޮޓޮރޯލާ މޮޓޯ ޒީ3، އެލްޖީ ވީ50 އަދި މޮޓޯ ޒީ4 ހިމެނެ އެވެ.

ސްމާޓްފޯން ކުންފުނިތަކުން 5ޖީ ފޯނުތައް އުފައްދާކަން އިއުލާންކުރުމާ ގުޅިގެން ފެތުރުނު ވާހަކަތަކުގެ ތެރޭގައި، 5ޖީ ފޯނެއް ބޭނުންކުރެވޭ ފެންވަރަށް ނެޓްވޯކްތައް ބަދަލުކުރާނެ ދުވަހެއް ނޭނގޭ ކަމަށް ބުނެ ވަނީ ފާޑުކިޔާފަ އެވެ. "ކައުންޓާޕޮއިންޓް"ން ބުނި ގޮތުގައި ބޭނުންކުރާ މީހުން 5ޖީ ފޯނުތައް ގަންނަނީ ނެޓްވޯކް ލިބޭނެ ކަމަށް ހީކޮށެވެ. 5ޖީ ނެޓްވޯކް ލިބެން ނެތުން އެއީ 5ޖީ ފޯނުތަކުގެ ވިޔަފާރި އަށް ހުރަހެއް ކަމަށް އަދި ނުފެންނަ ކަމަށް އެ މީހުން ބުނެ އެވެ.

ކައުންޓާޕޮއިންޓުން ބުނި ގޮތުގައި، 5ޖީ ފޯނުތައް ގަންނަ މީހުންގެ އުންމީދަކީ 5ޖީ ނެޓްވޯކް ލިބޭނެ ދުވަހެކެވެ. އެހެންކަމުން، މިއީ 5ޖީ ފޯނު އުފައްދާ ކުންފުނިތަކުން ވަރަށް އުފާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.

5ޖީ ސްމާޓްފޯނެއް ބޭނުން ކަމަށް ބުނެ ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، އެޕަލުން 5ޖީ ފޯނެއް ނެރުމަކީ 5ޖީ ފޯނު ބޭނުންކުރާ މީހުން އެމެރިކާ އަދި ޗައިނާގައި ވެެސް އިތުރުވާނެ ކަމެކެވެ. އެހެން ނަމަވެސް، ކުރި އަށް އަހަރެއްހާ ދުވަހު ތެރޭގައި ވެސް އެޕަލް އަށް 5ޖީ ފޯނެއް އުފެއްދޭނެ ކަމަކަށް އަދި ނުފެނެ އެވެ.