ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
10 ޖުލައި 2019
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ޗެމްބަރުގައި ގޮނޑި ޖަހާނެ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނާފައި ނުވާ ކަމަށާއި މިއީ ޒަމާނުއްސުރެ ވެސް މަޖިލިހުގައި ގޮނޑި ޖަހާފައި ހުރި ގޮތް ކަމަށެވެ. އޭގެ ފަހުގައި، އެމަނިކުފާނު ވަނީ މަޖިލިހުގެ ތާރީހުގައި ހިނގި ކަންކަން ފާހަގަ ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް 1932 ވަނަ އަހަރު އެކުލަވާލި އިރުގައި ތިއްބަވަނީ ރަދުންގެ އަށް މެމްބަރުންނާއި މާލޭގެ މެމްބަރުންނެވެ. ރަސްކަމެއް ދޫކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން 1968 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހުރިއްޔާގެ އަށް މެމްބަރުން ކުރީ ގޮނޑީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމާ ގުޅިގެން އިންތިހާބީ ދާއިރާތަކެއް ކަނޑައަޅައި، އެ ދާއިރާތަކުގެ ތަރުތީބުން ގޮނޑި ޖަހާފައި ހުންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"އަޅުގަނޑަށް ނުފެނޭ މިއީ މަޖިލިހުގައި މެމްބަރުން އިށީނދެގެން ތިއްބަވަން އެންމެ ބުއްދިވެރި ގޮތެއް ކަމުގައި،" މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި މެމްބަރުން އިށީނދެގެން ތިއްބަވަނީ އެއް ޕާޓީއެއްގެ މެމްބަރުން އެއް ދިމާލެއްގައި ނުވަތަ ވާދަވެރިން އެހެން ދިމާލެއްގަ އެވެ. އެހެންވެ، މެމްބަރުން އެދިވަޑައިގަންނަވާ ގޮތަކަށް އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލިހުގެ ގޮނޑި ޖަހާ ތަރުތީބު، އަތުރާފައި ހުރި ތަރުތީބު ބަދަލު ކުރަން ޖެހިފައިވާތާ ކިތަންމެ ދުވަހެއް،" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މެއި މަހު ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނައީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ޕާޓީގައި 65 މެމްބަރުން ތިއްބަވަ އެވެ. ޖުމްހޫރީ ޕާޓީގައި ފަސް މެމްބަރުން ތިއްބަވާ އިރު، އިދިކޮޅު ޕީޕީއެމްގައި ވެސް ތިއްބަވަނީ ފަސް މެމްބަރުންނެވެ. ޕީއެންސީގައި ތިން މެމްބަރުން ތިއްބަވާ އިރު، އެމްޑީއޭގެ ދެ މެމްބަރުން ތިއްބަވަ އެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވަ އެވެ.
މަޖިލިސް މިހާރު އޮތީ ހާމަކަން ބޮޑު ގޮތަކަށް: ގާސިމް
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!
ފައިސާއާ ގުޅޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ
މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!
ކޮމިޓީތަކުގައި މެމްބަރުން ތިއްބަވާ އަދަދަށް ބަދަލުތަކެއް
މަޖިލީހުގެ ކޮމިޓީތަކުގެ ކޮންޓްރޯލް ލިބެނީ އެމްޑީޕީ އަށް
18 ވަނަ މަޖިލިހުގެ ފަހު ޖަލްސާ ހޯމަ ދުވަހު
އާ މަޖިލީހުގެ ހުވާކުރުން އަންނަ މަހު ފަހުކޮޅު
އިތުބާރުނެތްކަމުގެ މައްސަލާގައި ލަފާ ހޯދޭނީ ގަރާރަކުން