02 ޖުލައި 2019
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން ޖުލައި 13 ގައި ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމިއްލަ އުސޫލެއް ހަދާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން ޖުލައި 13 ގައި ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމިއްލަ އުސޫލެއް ހަދާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބާ ކައުންސިލްގެ އިންތިހާބުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރި އިރު އެ އިއުލާނުގައި ބުނެފައި ވަނީ ބާ ކައުންސިލްގެ ރައީސް ކަަމަށް ޝަރުތު ހަމަވާ އެކަކަަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ނުލައްވައިފި ނަމަ ކުރިމަތިލެއްވި ބޭފުޅަކު އިންތިހާބުވި ކަން ވޯޓަކާ ނުލައި އިއުލާނު ކުރެވޭނެ ކަމަށެވެ. ބާ ކައުންސިލްގެ ނައިބު ރައިސް ކަމާއި އެގްޒެކެޓިވް ކޮމިޓީގެ ހަ މެމްބަރުން ހޮވުމުގައި ވެސް އިއުލާނުގައިވާ ގޮތުން އަމަލުކުރާނީ އެގޮތަށެވެ.
އުޝާމް ވިދާޅުވީ އެހެން ބައެއް އިންތިހާބުތަކުގައި އެގޮތަށް އަމަލު ކުރިޔަސް ބާ ކައުންސިލް އުފެއްދި، ގާނޫނީ ފަންނުތަކުގެ ގާނޫނުގައި އެ ފުރުސަތު ދީފައި ނުވާ ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި ބާ ކައުންސިލްގެ މަގާމަކަށް ކުރިމަތިލީ އެކަކު ކަމަށް ވިޔަސް، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. އަދި އެ ވޯޓް ނަގަން ޖެހޭނީ ވެސް ސިއްރު ވޯޓެއްގެ ގޮތުގަ އެވެ.
"އެހެން އިންތިހާބުތަކުގައި އެގޮތަށް އަމަލުކުރެވެނީ އެގޮތަށް ގާނޫނުގައި އޮންނާތީ. އެކަމަކު މިގާނޫނުގައި އެގޮތަކަށް ނެތް، އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވަންޖެހޭނީ ޤާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންކަން ޤާނޫނީ ފަންނުގެ ޤާނޫނުގެ 6 އަދި 11 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮތްއިރު، އިލެކްޝަންސް ކޮމިޝަނަށް އުޞޫލެއްގެ ދަށުން އެޙައްޤު ހަނިކުރެވޭނޭ ޤާނޫނީ ހައިސިއްޔަތެއް ނެތް. pic.twitter.com/Yr5ulTM9A0
— Ahmed Usham (@a_usham) July 2, 2019
ބާ ކައުންސިލްގެ އިންތިޚާބާ ގުޅޭ ގޮތުން އުޝާމް ކުރެއްވި ޓުވީޓު
ގާނޫނުގައި އޮތް ގޮތަށް ބާކައުންސިލްގެ އިންތިހާބު ބާއްވަން އޭނާ އޭސީސީ އަށް ގޮވައިލެއްވި އެވެ.
ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާން އީސީން މިރޭ ވަނީ ހުޅުވާލާފަ އެވެ. އެ އިންތިހާބުގައި ވޯޓްލެވޭ ވަކީލުންގެ ލިސްޓެއް ވެސް އާއްމު ކުރި އެވެ. އެ ލިސްޓް އީސީން މިރޭ އާއްމު ކުރި އިރު އައިޑީ ކާޑް ނަމްބަރު ނުހިމެނޭ އަށް ނަމެއް އެބަ އޮތެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އައިޑީ ކާޑު ނަމްބަރު ނެތް ނަންތަކުގެ މައުލޫމާތު ސުޕްރީމް ކޯޓުން ހޯދަން އީސީން މަަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް އެންގި ކަމަށެވެ.
ހާއްސަ ހުއްދަ އޮތް މީހުން ބާއިމްތިހާނު ހަދާކަށް ނުޖެހޭ
ވަކީލުންގެ ބާއިމްތިހާނުގެ ޝަރުތު ލަސްކުރަން ހުށަހަޅައިފި
ބާ ކައުންސިލްގެ ވޯޓުލުން އޮންނާނީ މާލެ އާއި އައްޑޫގައި
ބާ ކައުންސިލަށް 23 ވަކީލަކު ކުރިމަތިލައްވައިފި
ބާ ކައުންސިލް އިންތިޚާބުގެ އުސޫލަށް ބަދަލު ގެނެސްފި
ބާ ކައުންސިލް އިންތިޚާބުގެ ބަޖެޓަކީ 1.2 މިލިއަން
ބާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި
ބާ ކައުންސިލްގެ ރައީސް ކަމަށް ސުއޫދު ވާދަކުރައްވަނީ
ބާ ކައުންސިލްގެ އިންތިޚާބު މިމަހު 13 ގައި
ސުޕްރީމް ކޯޓުން ދިން ލިސްޓް ބާ ކައުންސިލް ގާނޫނާހިލާފު