26 ޖޫން 2019
ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަ ނުނިމި ލަސްވާ ސަބަބު ހޯދައި ބެލުމުގެ މަސައްކަތް ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަ ނުނިމި ލަސްވާ ސަބަބު ހޯދައި ބެލުމުގެ މަސައްކަތް ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ކޯޓުތަކުގައި ހިނގާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ލަސްވަމުންދާ ކަމުގެ ޝަކުވާ ޖޭއެސްސީ އަށް ލިބެމުންދާ ކަމަށާއި އެހެންވެ، އެކަން ބެލުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަތައް ލަސްވާން މެދުވެރިވާ ސަބަބުތައް ހޯދުމަށް ފަހު، އެއީ ފަނޑިޔާރުންގެ ސަބަބުން ދިމާވާ ކަމެއް ނަމަ، އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަހީން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން ކޮމިޝަނުން އެންމެ ފުރަތަމަ ފަށާނީ ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ލަސްވާ ސަބަބު ހޯދުމުގެ މަސައްކަތެވެ.
ޖޭއެސްސީން މިއަދު ވަނީ އެކަން ބެލުމަށް ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.
އެ ކޮމެޓީގައި ތިއްބަވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު އަބްދުއްރައޫފް އިބްރާހިމާއި ރައީސްގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މަސްތޫރު ހުސްނީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ހިސާން ހުސައިން އެވެ.
މެޖިސްޓްރޭޓަކު ފަރުވާކުޑަކުރި ކަމަށްބުނެ މައްސަލަ ބަލަނީ
ކޯޓުތަކަށް އެތެރެ އާއި ބޭރުން ވެސް ނުފޫޒު
މައްސަލަ ބެލުމުން ތަނާޒުލްވި ފަނޑިޔާރަކަށް ފިޔަވަޅު
ވަކި އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ފަށަނީ
ޖޭއެސްސީގެ މެމްބަރުން ވަކާލާތު ކުރުން: މައްސަލައެއް
ދަރަންޏަކާ ހެދި އުކުޅަހު ގާޒީގެ މަގާމު ގެލިއްޖެ
ފަނޑިޔާރުން ބޭރަށްކުރާ ދަތުރުތަކަށް ހުއްދަ ހޯދަންޖެހޭނެ
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި