24 ޖޫން 2019
ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމިކް ޔުނިވަސިޓީގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ގޮވާލެއްވި ނަމަވެސް، ދެ ޔުނިވަސިޓީ ވަކިން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމިކް ޔުނިވަސިޓީގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ގޮވާލެއްވި ނަމަވެސް، ދެ ޔުނިވަސިޓީ ވަކިން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވަނީ އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ ބިލްތައް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ޔުނިވަސިޓީތަކަށް ދިމާވެފައި އޮތް ދަތިތައް ހައްލުކުރުމެވެ. އަދި ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހާވެސް އެއްގޮތްކުރުމަކީ ވެސް ބިލްތަކުގެ މަގްސަދެއް ކަމަށް ބުނެފައިވެ އެވެ. ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެއް ޔުނިވަސިޓީއެއް ރާއްޖޭގައި ބަހައްޓައިގެން ފުރިހަމަ އަދި ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ދެވޭނެ އެވެ.
Dhivehiraajeyge islamee university aai dhiveraajeyge gaumee university akee thafaathu dhe falsafaa eh ge dhashun hingaa mathee thauleem dea muhinmu dhe muasasaa. Mi dhe university vaki dhe university ge gothuga harudhana koh tharahgee kurumah kureven huri
— Ahmed Zahir Ali (@AhmedZahirAli) June 24, 2019
ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ދެ މުއައްސަސާ ކަމަށެވެ. އަދި މި ދެތަން، ދެ ޔުނިވަސިޓީގެ ގޮތުގައި ބާއްވައިގެން ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވިދާޅުވި އެވެ.
ދެ ޔުނިވަސިޓީ އެއްކޮށްލުމާ ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ދެ ވަނަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވި ގޮތުގައި މުސްތަގިއްލު އިސްލާމީ ޔުނިވަސިޓީއެއް ހުރުމަކީ ކޮންމެހެން ވެސް މުހިއްމުކަމެކެވެ. އެއީ ރާއްޖެ އާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެއް ކަމަށާއި އިސްލާމީ ޚިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އެތަން ވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ޕްލޭންގައި ވާ ގޮތަށް ޔުނިވާސިޓީ ތަރައްގީކޮށްފި ނަމަ އެތަން ވާނީ އިގްތިސާދީ ގޮތުން ވެސް ފައިދާ ކުރާނެ ތަނަކަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެއް ޔުނިވަސިޓީއަކަށް ހިންގާ ނަމަ، ފުރިހަމަ ނިޒާމެއްގެ ދަށުން މާ ބޮޑަށް އަޅާލެވިގެން ޔުނިވަސިޓީ ހިންގިދާނެ ކަމަށެވެ. އަދި ދެ ޔުނިވަސިޓީ އެއްކޮށްލައިގެން އިސްލާމީ ތައުލީމް ދެވޭ ގޮތަށް ވަރަށް ފުރިހަމަ އިސްލާމީ ފެކަލްޓީއެއް ބާއްވައިގެން ހިންގުމަކީ ރަނގަޅު ފެންވަރެއްގައި ކުރެވި ދާނެ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ޔުނިވަސިޓީތަކަކީ ސަރުކާރު ހިންގާ އޮފީހެއްގެ ގޮތުގައި ބަދަލުވެފައިވާ ކަމަށެވެ. ޔުނިވަސިޓީތައް ވާން ޖެހޭނީ ތައުލީމީ ދިރާސާތައް ހަދައި ދުނިޔެ އަށް ލޯ ހުޅުވިފައިވާ ދަރިވަރުންތަކެއް ތިބޭ ތަނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހުސެއިން ވެސް ވިދާޅުވި ގޮތުގައި ދުނިޔެ އަށް ނަމޫނާ ދައްކަން ރާއްޖޭގައި އޮތް ތަނަކީ ގައުމީ ޔުނިވަސިޓީ އެވެ. އެހެންވެ، ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމީ ޔުނިވަސިޓީ ކޮންމެވެސް ގޮތަކަށް ގެންގޮސްގެން ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
"ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމް"
ދެ ޔުނިވަސިޓީ އެއްކޮށްލުމަކީ ބޭކާރު ކަމެއް: ޖަމީލު
ދެ ޔުނިވަސިޓީ އެއްކޮށްލަން އާދަމް ޝަރީފް ދެކޮޅު
ގިނަ މެންބަރުންގެ ޚިޔާލަކީ ދެ ޔުނިވަސިޓީ އެއްކޮށްލުން
ޔުނިވާސިޓީއަށް ބަދަލުކުރާ މުއްދަތާމެދު ހިޔާލު ތަފާތު
"ޔުނިވާސިޓީއަކަށް ބަދަލުކުރުމުގައި ބަލަންވީ ކޮލިޓީއަށް"
ހިދުމަތްކުރަން އެނބުރި އަދި އަންނާނަން: ޑރ. ޝަހީމް
ބާ އެގްޒާމާއެކު ލޯގެ ޕްރޮގްރާމްތަކަށް ޑިމާންޑު ކުޑަވެއްޖެ
ލެކްޗަރާއިން ކަޅު ހެދުމުގައި މުޒާހަރާ އަށް
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!