20 ޖޫން 2019
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 523 ކުންފުންޏެއް އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 523 ކުންފުންޏެއް އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައި ވަނީ މި ކުންފުނިތައް އުވާލުމަށް ނިންމާފައި ވަނީ އެ ކުންފުނިތަކުން އަހަރީ ފީ ނުދައްކާތީ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ މި ލިސްޓުގައި ހިމެނޭ ކުންފުނިތައް ހިންގަން ބޭނުންނަމަ، ފުރިހަމަކުރަންޖެހޭ އިންތިޒާމްތައް، ޖުލައި 7، 2019 ގެ ކުރިން ފުރިހަމަކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެ އިންތިޒާމްތައް ފުރިހަމަ ކުރުމަށްފަހު އެކަން އަންގައިދޭ ލިޔެކިޔުންތަކާ އެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރެއް ފާސްކޮށް އިކޮނޮމިކް މިނިސްޓްރީއަށް އެންގުމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް ދައުވާއެއް ނުވަތަ ދަރަންޏެއް އޮތްނަަމަ އެކަންވެސް މި މުއްދަތުގެ ތެރޭގައި އަންގަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މީގެ ކުރިން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 7،000 ކުންފުނި އުވާލަން ޖެހޭ ކަމަށެވެ. އަދި ކޮންމެ އަހަރަކު އެވްރެޖްކޮށް 1،000 އާ ކުންފުނި ރަޖިސްޓްރީ ކުރާ ކަމަށްވެސް ވިސާމް ވިދާޅުވި އެވެ.
މުދާ ގެނެސް ގެންދިއުމަށް އެހީވާން ހާބަރުގައި ސެންޓަރެއް
އިތުރު 1500 އަށް ވުރެގިނަ ކުންފުނި އުވާލަނީ
"ޖޭވީތަކުގެ މައުލޫމާތު ހޯދަން އޮޑިޓު އޮފީހަކުން ނޭދޭ"
އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުޅުވާލައިފި
އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ކޮންވެންޝަނެއް ބާއްވަނީ
އަހަރީ ފީ އާއި ޖޫރިމަނާގެ 197 މިލިއަން ނުލިބޭ:މީރާ
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް
އުވައިލަންޖެހޭ ކުންފުނިތަކުގެ އަދަދު 7،000އަށް އަރާ
އަހަރީ ފީ ނުދައްކާ 6،000 ކުންފުންޏެއް އުވާލަނީ
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް