19 ޖޫން 2019
ކުރިއަށް އޮތް ދެ ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ކުރިއަށް އޮތް ދެ ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަޒީމާ އަހުމަދު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ ކަމަށެވެ. އެންމެ ބޮޑަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވެނީ ދެކުނުގެ އަތޮޅުތަކަށާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ދެ ދުވަހު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް 24 ގަޑިއިރުގައި ވެސް މޫސުން އެންމެ ގޯސްވާނީ މެދާއި ދެކުނުގެ އަތޮޅުތަކަށް،" އަޒީމާ ވިދާޅުވި އެވެ.
Male' City ah kuramundhaa vissaaraigai Male' ge baeh maguthakugai fen boduvumaa gulhigen MNDF Fire & Rescue Service in fen hikkumuge masakkaiy fashaifi. Mivaguthu pump beynun koggen fen hikkumuge masakkaiy kuramun dhany IGMH sarahadhdhu gai. pic.twitter.com/AZq7aXFLBH
— Maldives National Defence Force (@MNDF_Official) June 19, 2019
އެމްއެންޑީއެފުން ކުރި ޓްވީޓެއް
މާލެ އަށް މިއަދު ހެނދުނުން ފެށިގެން ކުރަމުން އަންނަ ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރަށް ދެމިގެން ދާނެ ކަމަށް ލަފާ ކުރާ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ. މި ވިއްސާރައާ އެކު މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ ފަށާފަ އެވެ.
މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެންދުރު 2:00 ނިޔަލަށް ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ. އަދި މޫސުން ރަނގަޅު ނުވެއްޖެ ނަމަ ވައިޓް އެލާޓުގެ މުއްދަތު އެތަނުން އިތުރުކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
White Alert for heavy rain, thunderstorm and gust winds of 40 mph. pic.twitter.com/SX7sEnG9TT
— Maldives Meteorology (@MetMaldives) June 19, 2019
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް
ވިއްސާރަ ކުރިޔަސް އުތުރުގެ އަތޮޅުތަކުގައި ބާރަށް ވައި ނުޖެހޭނެ ކަމަށް އަޒިމާ ވިދާޅުވި އެވެ. އެހެން ނަމަވެސް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ދުވަސްވަރު ކަނޑު ގަދަވާނެ ކަމަށާއި ކަނޑުދަތުރު ކުރާ މީހުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން އޭނާ އިލްތިމާސްކުރި އެވެ.
ބޯކޮށް ވާރޭވެހި މާލެ ފެނުއަޑީގައި
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ
ކޮޅިގަނޑުގައި މާލޭގެ ބައެއް ތަންތަނަށް ގެއްލުންވެެއްޖެ
ދެ ކޮޅިގަނޑުގެ ބާރުގަދަވެ މޫސުން ގޯސްވަނީ
ވިއްސާރާގައި ބައެއް ރަށްތަކުގެ ގެތަކަށް ބޮޑު ގެއްލުމެއް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ބޮޑު ގަހެއް ވެއްޓި ވެހިކަލްތަކަށް ގެއްލުންވެއްޖެ
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް