Roadha Mihaaru
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ

09 ނޮވެމްބަރ 2018

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކަނޑުތައް ގަދަވެދާނެތީ ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އެހެންވެ މެޓް އޮފީހުން ވަނީ ށ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފަ އެވެ.

ނޮވެމްބަރު މަހު އާންމު ގޮތެއްގައި ވެސް ރާއްޖެ އަށް ވިއްސާރަކުރެ އެވެ.

އެލާޓް ނެރެފައިވާ ސަރަހައްދަށް މިއަދު މެންދުރު 12 އިން ފެށިގެން އިރުއޮއްސި 6 އާ ދެމެދު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ދެކުނު އަތޮޅުތަކުގައި އާއްމު ގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.