Roadha Mihaaru
ހެކް ނުކުރެވޭ މޮޅު ފޯނެއް ދައްކަބަލަ!

ހެކް ނުކުރެވޭ މޮޅު ފޯނެއް ދައްކަބަލަ!

19 ޖޫން 2019

ސްމާޓްފޯންތަކުގެ ބާރުގަދަކަން ބަލާ އެހެން މިންގަޑެއް ވެސް އޮވެ އެވެ. މައިގަނޑު ގޮތެއްގައި، ރޭމް، ކެމެރާ، ބެޓެރީ އަދި ސްޓޯރޭޖްގެ އިތުރުން އޮޕަރޭޓިން ސިސްޓަމުން ވެސް ފޯނަށް ގަދަފަދަކަން ލިއްބައިދޭން ޖެހެ އެވެ. އެއީ ފޯނު ހެކްކުރުމުން ރައްކާތެރިކުރުމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯންތަކުގެ ބާރުގަދަކަން ބަލާ އެހެން މިންގަޑެއް ވެސް އޮވެ އެވެ. މައިގަނޑު ގޮތެއްގައި، ރޭމް، ކެމެރާ، ބެޓެރީ އަދި ސްޓޯރޭޖްގެ އިތުރުން އޮޕަރޭޓިން ސިސްޓަމުން ވެސް ފޯނަށް ގަދަފަދަކަން ލިއްބައިދޭން ޖެހެ އެވެ. އެއީ ފޯނު ހެކްކުރުމުން ރައްކާތެރިކުރުމަށެވެ.

ސްމާޓް ޑިވައިސްތައް ހެކްނުކުރެވުމަކީ މައްސަލައެއް ކަމަށް ބަލަމާ ހިނގާށެވެ. މައްސަލައިގެ ބާވަތުން މެދުވެރިވާ ގެއްލުމެއް އަދި ތަޖުރިބާކުރެވިފައި ނެތެވެ. އެއީ ހެކްނުކުރެވޭ ފޯނެއް އެއްވެސް ބަޔަކަށް އަދި އުފެއްދިފައި ނެތުމުންނެވެ.

ގާނޫނު ދަމަހައްޓައި ތަންފީޒްކުރާ އިދާރާތަކަށް ގަބޫލުކުރެވޭ ގޮތުގައި، ކުށްވެރިޔަކު ގެންގުޅޭ ފޯނެއް ބަލަން ބޭނުންޖެހިއްޖެ ހިނދެއްގައި، ހުޅުވައި ބެލެން ޖެހެ އެވެ. މިއި ފަރުދީ މަސްލަހަތު ބޮޑު ކަމަށްކަށް ވާތީ، ފޯނު އުފައްދާ ކުންފުނިތަކުން ބުނަނީ، ބޭނުންކުރާ މީހުންގެ މައުލޫމާތު އެހެން ބައެއްގެ އަތުޖެހިގެން ނުވާނެ ކަމަށެވެ.

ފޯނުތައް އަދި މުށުތެރޭގައި ގެންގުޅޭ ސްމާޓް ޑިވައިސްތަކަކީ ސިއްރުވެރިންނެވެ. ބޭނުންކުރާ މީހުންގެ ހުރިހާ ކަމެއް ހިފަހައްޓައި ރައްކާތެރިކުރުމުގައި މި ޑިވައިސްތަކުގެ ދައުރު ފުޅަލެވެ. ވަގެއްގެ އަތުގައި މިއިން ޑިވައިސްއެއް ޖެހިއްޖެ ނަމަ، ޑިވައިސް ވިއްކާލުން އެއީ މި މައުލޫން ބޭރު ވާހަކައެކެވެ. ފޯނުގަައި ހުރި އެހެނިހެން މައުލޫމާތުން ފައިދާއެއް ނުނެގޭނެ ހެއްޔެވެ؟

ސްމާޓްފޯނެއް ފުނޑުފުޑުކޮށްލި ނަމަވެސް، ބޭނުންކުރާ މީހުން ނޫން ބަޔަކަށް، އޭގައި ހުރި ފަރުދީ މައުލޫމާތު އެނގުމަކީ ފޯނު އުފައްދާ ކުންފުނިތަކަށް ހިތާމައެކެވެ. ފޯނުގެ ސެކިޔުރިޓީ ވަރުގަދަވުމުން ވިޔަފާރި ރަނގަޅުވެ ދެ އެވެ. އެކަމަކު، މި ޒާތުގެ ފޯނެއް އުފެއްދީ ކޮން ބައެއް ހެއްޔެވެ؟

ދުނިޔޭގައި ގެންގުޅޭހާ ފޯނެއް ހުޅުވައި ބެލުމުގެ ގާބިލުކަން ހެކަރުން ހޯދާފައި ވެ އެވެ. އެކަމަކު، ފޯނުތައް ހުޅުވައި، ފަރުދީ މައުލޫމާތުތައް ދަމައިގަތުމުގެ ކުޅަދާނަކަން ހޯދާފައި ތިބި މި ފަދަ ހެކަރުން، ދުވަހަކު ވެސް ކުށްވެރިއެއް ނުވެ އެވެ. ސަބަބަކީ، އެއީ ތަންފީޒީ ބާރުތަކަށް މަސައްކަތްކޮށްދޭ ބަޔަކަށްވުމެވެ.

އެޕަލްގެ ފޯނުތަކުގައި މިހާތަނަށް ހުރި ނަމަ ހުރި ދޯހަޅިކަމެއް، މި އަހަރު ނެރޭ ފޯނުތަކުގައި ހުންނާނީ ފޫބައްދާފަ އެވެ. ސެމްސަންގެ ފޯނުތައް ނުހުޅުވޭ ގޮތް ވެސް ހަދާނެ އެވެ. އެކަމަކު، އަންނަ އަހަރުގެ ފޯނު މޫސުން ލައިގަންނައިރު އޮންނާނީ އަނެއްކާ ވެސް ބާގަނޑުތައް ބައްދަން ޖެހިފަ އެވެ. މި ގޮތުގައި އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ބާރުގަދަކޮށް ސްމާޓްފޯން ރޭސް ރޭސް ހިނގަމުން މިހިރަ ދަނީ އެވެ. ބާރުގަދައީ ކޮން ބައެއް ކަމެއް ހެއްޔެވެ؟