13 ޖޫން 2019
މިދިޔަ އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި، ގައިގައި ބޮން ހަަރުކޮށްގެން ހަަމަލާދިން ޒަހްރާން ހާޝިމީގެ އެކުވެރިއެއް އިންޑިއާގެ ޓެމިލްނާޑޫ އިން ހައްްޔަރުކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި، ގައިގައި ބޮން ހަަރުކޮށްގެން ހަަމަލާދިން ޒަހްރާން ހާޝިމީގެ އެކުވެރިއެއް އިންޑިއާގެ ޓެމިލްނާޑޫ އިން ހައްްޔަރުކޮށްފި އެވެ.
އިންޑިއާ ޓުޑޭ ނޫހުން ބުނީ މުހައްމަދު އަޒަރުއްދީން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހާ ހައްޔަރުުކުރީ އިސްލާމިކް ސްޓޭޓް(އައިއެސް)އާ ގުޅުން ހުރި މީހުން އުޅޭ ކަމަށް ބެލެވޭ ހަތް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަންް އެޖެންސީން (އެންއައިއޭ) އޭނާ ހައްޔަރު ކުރީ ޓެމިލްނާޑޫގެ ކޮއިމްބަތޫރުންނެވެ.
އޭނާ ހައްޔަރު ކުރީ އައިއެސްގެ ފިކުރު ފަތުރަން، ލަންކާގެ ނެޝަނަލް ތައުހީދު ޖަމާއަތުގެ ވެރިޔާ ޒަހްރާން ހާޝިމީ ތައްޔާރުކޮށްފައިވާ ތަކެތި ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާތީ އާއި ޒަހްރާނާ ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވިގެންނެވެ. އަޒަރުއްދީނަކީ ކޮއިމްބަތޫރުގައި ޓްރެވެލް އެޖެންސީއެއް ހިންގާ މީހެކެވެ. ކޮއިމްބަތޫރުގައި އައިއެސް ފިކުރު ފަތުރާ މީހުންގެ ތެރެއިންް އެންމެ އިސް މީހަކީ އޭނާ ކަމަށް އެންއައިއޭ އިން ތުހުމަތު ކުރެ އެވެ.
ކޮއިމްބަތޫރުގައި އައިއެސްގެ ފިކުރު ފަތުރާ މީހުން އުޅޭ ކަމަށް ބެލެވޭ ތަންތަން އެންއައިއޭ އިން ބަލައި ފާސްކުރީ އެންއައިއޭގެ އޮފިސަރުން ސްރީ ލަންކާއަށް ކުރި ޒިޔާރަތަކަށް ފަހުގަ އެވެ.
އެޕްރީލް 21 ވަނަ ދުވަހު ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވީ އެ ގައުމުގެ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިންނެވެ. ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
ލަންކާގެ އީސްޓާ ބޮމުގެ ހަމަލާގެ ޝަރީއަތް ފަސްކޮށްފި
ދިވެހި ބައެއް އާއިލާތައް ލަންކާ އިން އެނބުރި އަންނަނީ
ދެހިވަލަ ހޮޓެލް ގޮއްވާލި މީހާގެ އަމާޒަކީ ތާޖު!
ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ
ލަންކާގައި ހިނގި ކުރިމަތިލުމެއްގައި 15 މީހުން މަރު
ލަންކާގައި އުޅޭއިރު ޕާސްޕޯޓް ހިފައިގެން އުޅެން އެދެފި
ލަންކާގައި ހަމަލާދިން ޒަހުރާން ހާޝިމް ރާއްޖެއަކަށް ނާދޭ
"ހަމަލާއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ދަނީ ބަލަމުން"
ބޮމުގެ ހަމަލާތަކާ ގުޅިގެން ކެބިނެޓްގައި މަޝްވަރާކޮށްފި
ދިވެހިން ވެސް އުޅޭ އިމާރާތެއް ސިފައިންގެ ދަށުގައި!