Roadha Mihaaru
ލަންކާގައި ހަމަލާދިން ޒަހުރާން ހާޝިމް ރާއްޖެއަކަށް ނާދޭ

ލަންކާގައި ހަމަލާދިން ޒަހުރާން ހާޝިމް ރާއްޖެއަކަށް ނާދޭ: އިމިގްރޭޝަން

24 އެޕްރީލް 2019

ސްރީ ލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގެ ފަހަތުގައިވާ ޒަހުރާން ހާޝިމް ވޭތުވެ ދިޔަ ފަސް އަހަރު އަދި އޭގެ ކުރިން ވެސް ރާއްޖެ އެތެރެވެފައި ނުވާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްރީ ލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގެ ފަހަތުގައިވާ ޒަހުރާން ހާޝިމް ވޭތުވެ ދިޔަ ފަސް އަހަރު އަދި އޭގެ ކުރިން ވެސް ރާއްޖެ އެތެރެވެފައި ނުވާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

ލަންކާގެ ޓެރަރިސްޓް ގުރޫޕު، ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމީ މީގެ ކުރިން ރާއްޖެ އައިސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވާހަކަ ފެތުރުނެވެ.

ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން މީހުންގެ ތެރޭގައި ޒަހްރާން ވެސް ހިމެނެ އެވެ.

އެކަމަކު އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސްރީ ލަންކާގެ އެ މީހާ، ވޭތުވެ ދިޔަ ފަސް އަހަރު ނުވަތަ އެއަށް ވުރެ ކުރިން ވެސް ރާއްޖެ އައިކަމަށް ރެކޯޑްތަކުން ނުދައްކާ ކަމަށެވެ. އެހެންވެ، މި ފަދަ ދަނޑިވަޅެއްގައި ދޮގު ވާހަކަތައް ނުފެތުރުމަށް އެތަނުން އިލްތިމާސް ކުރި އެވެ.

އިމިގްރޭޝަނުން ބުނީ ލަންކާއަށް ދިން ހަމަލައާ ގުޅިގެން ރާއްޖެއަށް ވެސް އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބަލައި، ރާއްޖެ އާއި ބޭރުގެ ސެކިއުރިޓީ އެޖެންސީތަކާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. ހާއްސަކޮށް އެފަދަ ޓެރަރިޒަމް ހަމަލާއަކުން ރައްކާތެރިވުމަށް ބޯޑާ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 359 މީހުން ވަނީ މަރުވެފަ އެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގަ އެވެ.

އެ ހަމަލަތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގާފައިވާއިރު، ހަމަލާދިން ކަމަށް ބުނާ މީހުންގެ ފޮޓޯ ވަނީ އެ ޖަމާއަތުން އާއްމުކޮށްފަ އެވެ.