Roadha Mihaaru
ދިއްދޫގެ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނެއް ނުބަލާ

ދިއްދޫގެ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނެއް ނުބަލާ

12 ޖޫން 2019

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ކުޅުނު މެޗެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ކުޅުނު މެޗެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހަމަނުޖެހުންތަކުގައި ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި މާރާމާރީ ހިންގުމުގެ އިތުރުން މެޗް ކުޅުނު ދަނޑުގެ ޓާފު ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި މެޗު އޮފިޝަލުން ތިބޭ ބެންޗަށް ވެސް ގެއްލުން ދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީމުތަކާއި ކުޅުންތެރިންނަށް ކައުންސިލުން ފިޔަވަޅު އަޅާފައިވާކަން ކައުންސިލުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ދިއްދޫ ކައުންސިލްގެ ބަހެއް ނުލިބުނެވެ.

ކައުންސިލުން ޓީމުތަކާއި ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކައުންސިލް އިދާރާ ކައިރިއަށް ފަންސާހެއްހާ މީހުން ރޭ އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހަމަނުޖެހުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.