24 މެއި 2018
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފި އެވެ.
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފި އެވެ.
އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހާޝިމް މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރީ ސައްހަ ނޫން ލިޔެކިޔުންތަކެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު ފިއްލަދޫ ކޯޓަށް ހާޒިރު ކުރުމުން، ފަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.
ހާޝިމް ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ވެސް ފާސްކޮށްފަ އެވެ. އަދި މިދިޔަ މަހު ދިއްދޫ ކައުންސިލްގެ އިދާރާ ވެސް ފާސްކޮށްފައި ވެ އެވެ.
ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލި މައްސަލައިގައި ލޯކަލް ގަވަރްމެންޓް އޮތޯރިޓީން މީގެ ކުރިން ހާޝިމް އެއް މަސް ދުވަހަށް ސަސްޕެންޑްކުރި އެވެ. އަދި ދިއްދޫގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ހިލާފަށް، އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަން ދޭހަވާ ފަދަ ގޮތަކަށް އާއްމުންނަށް ސިޓީ ފޮނުވި ކަމަށް ބުނެ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ސަސްޕެންޑްކުރި އެވެ.
"ދިއްދޫ ކައުންސިލަށް ފުލުހުން ވަނީ ސިޔާސީބޭނުމެއްގައި"
ދިއްދޫގައި މުދަލަށް ގެއްލުން ދިން މައްސަަލަ ބަލަނީ
ދިއްދޫގެ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނެއް ނުބަލާ
ހާޝިމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން އިސްތިއުފާ ދީފި
ދިއްދޫ ކައުންސިލްގެ ރައީސް ވަކިކުރަން ޕެޓިޝަނެއް
ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
ދިއްދޫ ކައުންސިލް އިދާރާއަށް ފުލުހުން ވަދެ، ފާސްކޮށްފި
މަގު ހަދަން ހުރަސް އެޅުމުން ސްމިތު ހައްޔަރުކޮށްފި
ޖަގަހަތައް ރޫޅާލަން ފެށުމުން އެމްޑީޕީން ރުޅިގަދަވެއްޖެ
ދައުލަތުގެ ބިންތަކުގައި ހުރި ޖަގަހަތައް ރޫޅާލަނީ